[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިމާމެއްގެ ފަހަތުގައި ނަމާދުކުރާ މީހާގެ ސުތުރާ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

އިމާމާގެ ސުތުރާއަކީ މައުމޫމުންގެވެސް ސުތުރާއެވެ.

 

ދަލީލުތައް:

 

ފުރަތަމައީ: ސުންނަތުގެ ދަލީލުތައް

1- އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

 ((صلَّى رسولُ اللهِ صلَّى اللهُ عليه وسلَّم صلاةً بمِنًى، فجِئتُ على حمارٍ لي وقد ناهَزْتُ الحُلُمَ، فمرَرْتُ بين يدَيْ بعضِ الصُّفوفِ، فنزَلْتُ وأرسَلْتُ الحِمارَ يرتَعُ، فدخَلْتُ مع الإمامِ، فلم يُنكِرْ ذلك علَيَّ أحَدٌ)) [رواه البخاري (1857)، ومسلم (504)].

މާނައީ: “ﷲ ގެ ރަސޫލާ صلى الله عليه وسلم މިނާގައި ނަމާދުކުރެއްވިއެވެ. އަހުރެން ހިމާރެއްގެ މައްޗަށް ސަވާރުވެގެން (މިނާއަށް) އައީމެވެ. އަދި އެދުވަސްވަރުގައި އަހުރެންވަނީ ބާލިޣުވާން ކައިރިވެފައެވެ. ފަހެ އަހުރެން ބައެއް ސަފުތަކުގެ ކުރިމަތިން ހުރަސްކުރީމެވެ. އަދި (އަހުރެން ސަވާރުވެގެން ހުރި) ހިމާރު  ކައިބޮއި ހެދުމަށް ދޫކޮށްލާފައި، އިމާމާ އެކު ނަމާދުކުރުމަށް ވަނީމެވެ. ފަހެ އެކުރި ކަމަކަށް އެކަކުވެސް އަހުރެންނަށް އިންކާރެއް ނުކުރެއެވެ.”

 

2- ޢަމްރު ބްނު ޝުޢައިބު، އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން، އެކަލޭގެފާނުގެ ކާފާފުޅުގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

 ((هبَطْنا مع رسولِ اللهِ صلَّى اللهُ عليه وسلَّم مِن ثنيَّةِ أذاخِرَ، فحضَرَتِ الصَّلاةُ- يعني فصلَّى إلى جِدارٍ- فاتَّخَذَه قِبْلةً ونحن خَلْفَه، فجاءَتْ بَهْمَةٌ تمُرُّ بين يدَيْه، فما زال يُدارِئُها حتَّى لصِقَ بطنُه بالجدارِ، ومرَّتْ مِن ورائِه)) [رواه أبو داود (708)، وأحمد (2/196) (6852)، والبيهقي (2/268) (3585) قال الذهبي في ((المهذب)) (2/707): إسناده صالح. ووثَّق رجال إسناده البُوصِيريُّ في ((إتحاف الخيرة المهرة)) (2/108)، وصحَّح إسنادَه أحمد شاكر في تحقيق ((المسند)) (11/77)، وقال الألباني في ((صحيح سنن أبي داود)) (708): حسنٌ صحيح].

“ﷲގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި އަހަރުމެން ޘަނިއްޔަތު އަޛާޚިރޭ ކިޔުނު ތަނަށް ފޭބީމެވެ. ފަހެ ނަމާދު ވަގުތުވުމުން އެތަނުގައި އެކަލޭގެފާނު ނަމާދުކުރެއްވިއެވެ. – އެބަހީ: ފާރަކާ ކުރިމަތިލައްވައިގެންނެވެ. – އަދި އަހަރުމެން ތިބީ އެކަލޭގެފާނުގެ ފަހަތްޕުޅުގައެވެ. ފަހެ ޅަވަރެއްގެ ކަންބަޅިއެއް އައިސް އެކަލޭގެފާނުގެ ކުރިފުޅުމަތިން ހުރަސްކުރަން މަސައްކަތް ކުރިއެވެ. އެކަލޭގެފާނު އެކަންބަޅި ހުރަސްކުރިޔަ ނުދީ މަތަކުރައްވަމުން ގެންދެވިއެވެ. އެއީ އެކަލޭގެފާނުގެ ބަނޑުފުޅު ފާރުގައި ޖެހެންދެނެވެ. ދެން އެކަންބަޅި، އެކަލޭގެފާނުގެ ފަހަތްޕުޅުން ހުރަސްކުރިއެވެ.”

 

ދެވަނައީ: އިޖުމާޢު

އިބުނު ޙަޒްމާއި، އިބުނު ޢަބްދިލް ބައްރާ އަދި އަލްޤަރާފީ رحمهم الله ވަނީ އެކަމުގެ (އެބަހީ: އިމާމާގެ ސުތުރާއަކީ މައުމޫމުންގެވެސް ސުތުރާކަމުގެ) މައްޗަށް އިޖުމާޢުވެފައިވާކަން ނަގުލުކުރައްވާފައެވެ.


 

މަޞްދަރު

 

ސުތުރާއާ ގުޅުން ހުރި އިތުރު ލިޔުންތައް

 

ނަމާދުކުރާ މީހާގެ ކުރިމަތީގައި ސުތުރާ ބެހެއްޓުމުގެ ޙުކުމް