[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެންމެ އެކަށޭނަ މީހުން ޢައްޔަނުކުރުން – 2

އެހެންކަމުން ވެރި މީހާއާއި އޮންނަ ގުޅުމެއްގެ މައްޗަށް ބިނާކޮށް ނުވަތަ އެއީ މިނިވަންކޮށްފައިވާ އަޅެއްކަމުގައިވާތީ އެކަމުގެ މައްޗަށް ބިނާކޮށް ނުވަތަ އެކުވެރިކަމެއް ނުވަތަ އެ ދެ މީހުންނީ އެއް ރަށެއްގެ ނުވަތަ އެއް މަޛުހަބެއްގެ ނުވަތަ އެއް ޠަރީޤާއެއްގެ ދެ މީހަކަށްވުމުން ނުވަތަ އެއް ދަރިކޮޅެއް؛ މިސާލަކަށް ޢަރަތްބެއް ނުވަތަ ފާރިސީއެއް ނުވަތަ ތުރުކީއެއް ނުވަތަ ރޫމީއެއް ކަމުގައިވުމުން ނުވަތަ ވެރި މީހާއަށް އެ މީހަކު ދޭ ރިޝްވަތަކަށްޓަކައި ނުވަތަ އެ މީހެއްގެ ސަބަބުން ވެރިމީހާއަށް މުދަލެއް ނުވަތަ އެ ނޫންވެސް (ނާޖާއިޒު) މަންފާއެއް ލިބިދާނޭކަމަށްޓަކައި ނުވަތަ މި ނޫންވެސް އެހެން އެއްވެސް ސަބަބަކަށްޓަކައި، މަޤާމަށް އެންމެ ކުޅަދާނަ ޤާބިލު މީހާ އެއްފަރާތްކޮށް، އެހެން މީހެއް ޚިޔާރުކޮށްފި މީހަކު ﷲއާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم އަދި އެންމެހާ މުސްލިމުތަކުންނަށް ޚިޔާނާތްތެރި ވެއްޖެކަން ކަށަވަރެވެ! އަދި އެފަދަ މީހާ ﷲގެ އަންނަނިވި ވަޙީ ބަސްފުޅުގައި ނަހީކުރައްވައިފައިވާ ކަންތަކަށް އަރައިގެންފިއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَخُونُوا اللَّهَ وَالرَّسُولَ وَتَخُونُوا أَمَانَاتِكُمْ وَأَنْتُمْ تَعْلَمُونَ﴾ [الأنفال 27]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲއަށާއި ރަސޫލާއަށް ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ އަމާނާތްތަކަށް، އެނގިއެނގި ތިބެ ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ!”

އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.

﴿وَاعْلَمُوا أَنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ وَأَنَّ اللَّهَ عِنْدَهُ أَجْرٌ عَظِيمٌ﴾ [الأنفال 28]

މާނައީ: “އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ މުދާތަކާއި ތިޔަބައިމީހުންގެ ދަރިންނަކީ އިމްތިޙާނެކެވެ. އަދި ހަމަކަށަވަރުން ބޮޑުވެގެންވާ ދަރުމަ ވަނީ ﷲގެ ޙަޟުރަތުގައެވެ.”

މީހާ އޭނާގެ ދަރީގެ މައްޗަށް ނުވަތަ އޭނާގެ އަޅެއްގެ މައްޗަށް އޮތް ލޯތްބެއްގެ ސަބަބުން ވެރިކަމުން ބައެއް އެ މީހުންނަށް ދީފާނެއެވެ. ނުވަތަ އެ މީހުންނަށް ޙައްޤު ނޫން އެއްޗެއް އެ މީހުންނަށް ދީފާނެއެވެ. މި ގޮތަށް ކަންތައްކޮށްފި މީހާ އޭނާއާ ޙަވާލު ކުރެވިފައިވާ އަމާނާތަށް ޚިޔާނާތްތެރި ވެއްޖެކަން ކަށަވަރެވެ.

ހަމަ މި ގޮތަށް އޭނާގެ މުދަލުގެ މައްޗަށް އޭނާގެ ކިބައިގައިވާ ލޯތްބަކުން އެ މުދަލެއް ރައްކާ ކުރުމަށް އޭނާއަށް ޙައްޤު ނޫން އެއްޗެއް އޭނާ ހިފައިފާނެއެވެ. ނުވަތަ އެކިއެކި ވިލާޔަތުތަކުގައި އޭނާއަށް ޚުޝާމަދު ކުރާ މީހުންނަށް އިސްކަން ދީފާނެއެވެ. މިފަދައިން ކަންތައް ކުރުމުގެ ސަބަބުން އޭނާ ﷲއާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم އަދި އޭނާއާ ޙަވާލުވެވިފައިވާ އަމާނާތަށް އެ ޚިޔާނާތްތެރި ވީއެވެ.

 


 

މި ލިޔުމުގެ އެހެން ބައިތައް