[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެންމެ އެކަށޭނަ މީހުން ޢައްޔަނުކުރުން – 4

ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ ސުންނަތުން ސާބިތުވާ ގޮތުގައި ވެރިކަމުގެ އަމާނާތަކީ ވަރަށް ގިނަ ކަންކަމާ ގުޅިފައިވާ ކަމެކެވެ. އަމާނާތްތެރިކަމާއެކު އެކަންކަން އަދާކުރަން ޖެހޭނެއެވެ. މީގެ މިސާލަކީ އިސްވެ ދިޔަ ޙަދީޘެވެ. އަދި އަނެއް މިސާލަކީ އިތުރު އެކަލޭގެފާނު އަބޫ ޛައްރުގެފާނަށް ވެރިކަމާ ގުޅޭގޮތުން ކުރެއްވި ޙަދީޘެވެ.

«إنَّهَا أَمَانَةٌ، وَإِنَّهَا يَوْمَ الْقِيَامَةِ خِزْيٌ وَنَدَامَةٌ، إلَّا مَنْ أَخَذَهَا بِحَقِّهَا، وَأَدَّى الَّذِي عَلَيْهِ فِيهَا» [صَحِيح مُسْلِم 1825]

މާނައީ: “އެ ކަމަކީ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހު އެއީ ނިކަމެތިކަމާއި ހިތާމަވެރިކަން ލިއްބައިދެނިވި ކަމެކެވެ. އެއީ އެކަން ޙައްޤު ގޮތުގައި ހޯދާ އަދި އެ އަދާ ކުރާން ޖެހޭފަދައިން އަދާ ކުރި މީހާ މެނުވީއެވެ.”

ﷲ އެ ބޭކަލަކަށް ރުއްސުން ލެއްވި އަބޫ ހުރައިރަތުގެފާނުގެ ކިބައިން އިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވާފައި ވެއެވެ. ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

«إِذَا ضُيِّعَتِ الأَمَانَةُ فَانْتَظِرِ السَّاعَةَ» [صَحِيح البخاري 6496]

މާނައީ: “އަމާނާތް ނަގައިލެވިއްޖެނަމަ، ފަހެ ޤިޔާމަތަށް އިންތިޒާރު ކުރާށެވެ!”

އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ! އަމާނާތް ނަގައިލުމަކީ ކޮބައި ތޯއެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

«إِذَا وُسِّدَ الأَمْرُ إِلَى غَيْرِ أَهْلِهِ فَانْتَظِرِ السَّاعَةَ»

މާނައީ: “ކަންކަން އޭގެ އަހުލުވެރިން ނޫން މީހުންނަށް ޙަވާލު ކުރެވިއްޖެނަމަ، ފަހެ ޤިޔާމަތަށް އިންތިޒާރު ކުރާށެވެ!”

 


މި ލިޔުމުގެ އެހެން ބައިތައް