[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – 22

ތިންވަނަ އަޞްލު

 

އިލްޙާދު ފެތުރުމުގެ ވަސީލަތްތައް

ކަން ހިނގާ ގޮތަށް ބަލާއިރު ފެނިގެންދަނީ މުލްޙިދުން އެބައިމީހުންގެ ބާޠިލު ފިކުރު ފެތުރުމުގައި ވަރަށް އަވަދިނެތި އުޅޭ ތަނެވެ. ވަކިން ޚާއްޞަކޮށް މުސްލިމުންގެ މެދުގައި އެކަންކުރާލެއް ބޮޑުކަމަށް ފާހަގަވެއެވެ. އެކަމުގެ ސަބަބުތަކަކީ:

ފުރަތަމައީ: އިސްލާމީ ދުނިޔޭގައި މުލްޙިދުންވަނީ ވަރަށް ބީރައްޓެހި ވެފައެވެ. އެހެންކަމުން އެފިކުރަށް ވަންނަ މީހުން ގިނަކުރުމަށް އެބައިމީހުން ބޭނުންވަނީ އެބައިމީހުންނަށް ބީރައްޓެހިކަން އިޙުސާސްވާ މިންވަރު ކުޑަކުރުމަށެވެ. ފަހެ ކޮންމެ ހުތުރުކަމެއްގައިވެސް ކަން އޮތީ މިފަދައިންނެވެ. އެހެނީ ހުތުރުކަމެއް ކުރާ ކޮންމެ މީހަކުވެސް މީސްތަކުން އެފަދައިން ވުމަށް އެދެއެވެ. އެއީ އޭރުން އޭނާއަށް އެ ދިމާވާ އުނދަގޫތަކުގެ ބައެއް ފިލައިދާނެކަމުގެ އުންމީދުގައެވެ.

 

ދެވަނައީ: މުޖުތަމަޢެއްގައި މުލްޙިދުން ގިނަވެ، އެބައިމީހުންގެ އަޑު ގަދަވުމުން އެބައިމީހުންނަކީ މުޖުތަމަޢަށް އަޘަރުކުރުވާ ބަޔަކަށް ވެގެން ދެއެވެ. އޭރުން އެބައިމީހުން އެދޭހާ ގޮތަށް ކަންތައްތައް ބަދަލުކުރެވޭނެއެވެ. ފަހެ ގިނަ މުލްޙިދުންނަކީ މާއްދީ ފައިދާތަކެއްގެ ސަބަބުން އެކަން ޚިޔާރުކުރާ މީހުންނެވެ. އެބައިމީހުން އެކަމުގެ ތެރެއަށް ވަންނަނީ ޝަހުވަތްތަކުގެ ސަބަބުންނެވެ.

 

ތިންވަނައީ: މުލްޙިދުން އެބައިމީހުންގެ ނަފްސަށް ހަމަޖެހުން ގެނެސް ދިނުމަށް އެދެއެވެ. ކިތަންމެ ބޮޑާވެފައި އުޅުނަސް މުލްޙިދުންނަކީ ނަފްސާނީ ގޮތުން ބަލި އަދި ޝައްކު ގިނަ ބައެކެވެ. ފަހެ ގިނަ މީސްތަކުން އެފިކުރަށް ވަންނަ މަންޒަރު ފެނުމުން އެކަމުގެ ސަބަބުން އޭނާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބެއެވެ.

 

= ނުނިމޭ =

 


 

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – އެހެންބައިތައް