[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سُنَنُ أَبِيْ دَاوُد

ފޮތުގެ މަޝްހޫރު ނަން:

سُنَنُ أَبِيْ دَاوُد

(ސުނަނު އަބީދާވުދު)

ފޮތުގެ ފުރިހަމަ ނަން: السُّنَنُ

މުއައްލިފުގެ ނަން / އަވަހާރަވި ތާރީޚު:

أَبُوْ دَاوُد سُلَيْمَان بْن الْأَشْعَث بْنُ إِسْحَاق بْن بَشِيْر بْن شَدَّاد الْأَزْدِي السِّجِسْتَانِي / 275 هـ

މައުޟޫޢު: ޙަދީޘް

ފޮތުގެ ތަޢާރުފާއި ޚާއްޞަކަން:

ސުނަނުގެ އެހެން ފޮތްތަކުގެ މައްޗަށް ޢިލްމުވެރިން މި ފޮތަށް އަހަންމިއްޔަތުކަން ދެއްވާފައި ވެއެވެ. ޞައްޙަ ޙަދީޘްތަކާއި ޙަސަން ދަރަޖައިގެ ޙަދީޘްތައް މި ފޮތުގައި ވެއެވެ. މި ފޮތުގައި އެކަލޭގެފާނު ހިމަނުއްވާފައިވަނީ އެކަލޭގެފާނު އެއްކުރެއްވި ގާތްގަނޑަކަށް ފަސްލައްކަ ރިވާޔަތުގެ ތެރެއިން، އެކަލޭގެފާނު ޚިޔާރުކުރައްވާފައިވާ ރިވާޔަތްތަކެކެވެ. އެގޮތުން މި ފޮތުގައި އެކަލޭގެފާނު ރިވާކުރެއްވީ ކޮންމެ ބާބެއްގައިވެސް އެކަލޭގެފާނަށް އެނގިވަޑައިގެން އެންމެ ޞައްޙަ ޙަދީޘެވެ. މި ފޮތުގައިވަނީ 4800 ޙަދީޘެވެ. މި ފޮތް އަޙުމަދު ބުން ޙަންބަލަށް އެކަލޭގެފާނު ހުށަހެޅުއްވުމުން މިއީ ރަނގަޅު، މޮޅު ފޮތެއްކަމުގައި އެކަލޭގެފާނު ދެކެވަޑައިގެންނެވިއެވެ. މި ފޮތުގެ މުހިންމު ޝަރަޙަތަކުގެ ތެރޭގައި الخَطَّابِى (އަވަހާރަވީ 388 ހ ގައި) ލިޔުއްވާފައިވާ مَعَالِم السُّنَن އާއި شَمْسُ الحَقّ العَظِيْم آبَادِي (އަވަހާރަވީ 1326 ހ ގައި) ލިޔުއްވާފައިވާ عَوْنُ الْمَعْبُوْد ހިމެނެއެވެ.