ފޮތުގެ ނަން: |
النِّهَايَةُ فِي غَرِيْبِ الحَدِيْثِ وَالأَثَرِ |
ފޮތުގެ މައުޟޫޢު: |
ޙަދީޘްގައި ހުންނަ ބީރައްޓެހި (ޢާންމު ނޫން) ކަލިމަތަކުގެ މާނަ |
މުއައްލިފުގެ ނަން: |
المبارك بن محمد بن محمد بن محمد ابن عبد الكريم الشيباني الجزري ابن الأثير |
އަވަހާރަވި ތާރީޚު: | 606 هــ |
ފޮތުގެ ތަޢާރުފާއި ޚާއްޞަކަން: |
މިއީ ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްތަކާއި ސަލަފުއްޞާލިޙުންގެ އަރިހުން ވާރިދުވެގެން އައިސްފައިވާ އަޘަރުތަކުގައިވާ ބީރައްޓެހި (ޢާންމު ނޫން) ކަލިމަތަކުގެ މާނަތައް ބަޔާންކޮށްދީ ލިޔެފައިވާ ފޮތެކެވެ. އިބްނުލް އަޘީރު رحمه الله މި ފޮތް ލިޔުއްވީ، އިސްލާމްދީން ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރި އިސްލާމްދީނަށް ވަންނަ ޢަޖަމީންގެ ޢަދަދު ގިނަވުމުން، އެބައިމީހުންނަށް ދީނުގެ ނައްޞުތައް ފަހުމުވުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެއްވުމުން އެކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައެވެ. އެގޮތުން މި މައުޟޫޢުގައި ކުރިން ލިޔުއްވާފައިވާ ދެ ފޮތެއް ބެއްލެވުމުން އިބްނުލް އަޘީރު رحمه الله އަށް ފެނިވަޑައިގެންނެވީ އެ ދެ ފޮތުގައިވެސް ޢަޖަމީންނަށް ފަހުމު ނުވާ ވަރަށް ގިނަ ލަފްޒުތައް ނެތްކަމެވެ. އެހެންކަމުން އެ ދެ ފޮތް އެއްކޮށްލައްވާ، އޭގައިވާ ޙަދީޘްތަކާއި ބަސްފުޅުތަކުގެ މާނަ ނަންގަވާފައި އިތުރު ކުރުމަށް އެކަލޭގެފާނަށް ފެނިވަޑައިގެންނެވި ލަފްޒުތައް އިތުރުކުރައްވާ މި ފޮތް އެކުލަވާލެއްވީއެވެ. މި ފޮތް ތަރުތީބުކުރައްވާފައިވަނީ އަލިފު ބާގެ އަކުރުތަކުގެ ތަރުތީބުންނެވެ. |