[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތް: ރަމަޟާން މަހުގެ ރޭ އަޅުކަން (ފުރަތަމަ ބައި)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد.

 

ރޭ އަޅުކަމަކީ ވަރަށް މަތިވެރި ސުންނަތެކެވެ. އަދި ވަކިން ޚާއްޞަކޮށް ރަމަޟާންމަހު އަދާ ކުރާ ރޭ އަޅުކަމުގެ މާތްކަން އިތުރުވެގެން ވެއެވެ. ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި މިކަމަށް ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވާފައެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައި މިކަމަށް ޢާންމު ރައްޔިތުން ދެއްވާ ސަމާލުކަމަކީ އުފަލާ އެކުގައި ފާހަގަކުރަން ޖެހޭ ކަމެކެވެ. ރާއްޖޭގައި އިހު ޒަމާނުގައި މިކަން ކުރަމުން އައި ގޮތާ އަޅާ ބަލާއިރުގައި މިހާރު މި ނަމާދު ރަމަޟާން މަހުގައި އަދާކުރާ ގޮތަށް މިވަނީ ގިނަ ބަދަލުތަކެއް އައިސްފައެވެ. ولله الحمد أولا وآخرا.

ދީނީ ގޮތުން ލިބުނު އިތުރު ހޭލުންތެރިކަމާ އެކުގައި، ބައެއް މީހުންގެ ހިތުގައި މިކަމާ ގުޅޭ ސުވާލުތަކެއް އުފެދިފައި ވެއެވެ. އަދި މިއަދާ ހަމަޔަށްވެސް އެ ސުވާލުތަކަށް ދިވެހި ބަހުން ތަފްޞީލީ ސާފު ޖަވާބުތަކެއް ލިބިފައި ނުވާކަން ފާހަގަވެއެވެ. މީގެ ތެރެއިން ވަރަށް ގިނަ ސުވާލުތަކަކީ ތަކުރާރުކޮށް ހަމަ ކޮންމެ ރަމަޟާން މަހެއްގައިވެސް ކުރެވެމުން އަންނަ ސުވާލުތަކެކެވެ.

ވުމާއެކު ﷲ ތަޢާލާގެ ވާގިފުޅު އެދޭ ޙާލުގައި އަޅުގަނޑުމެން މަސައްކަތްކުރާނީ މި ފޮތުގެ ޛަރީޢާއިން އެފަދަ ގިނަ ސުވާލުތަކުގެ ޖަވާބާ އަދި އޭގެ އިތުރަށްވެސް ރޭ އަޅުކަމާ ގުޅުން ހުރި މުހިންމު މަޢުލޫމާތުތަކެއް ކިޔުންތެރިންނަށް ގެނެސްދިނުމަށެވެ. إن شاء الله.

މިފޮތަކީ ރަމަޟާން މަހުގެ ރޭ އަޅުކަމާ ގުޅޭ ގޮތުން ގެނެސްދޭ މަޢުލޫމާތުތައް ހިމަނާފައިވާ ފުރަތަމަ ފޮތެވެ.

 

ފޮތުގެ ނަން ރަމަޟާން މަހުގެ ރޭ އަޅުކަން (ފުރަތަމަ ބައި)
ޞަފްޙާގެ ޢަދަދު 124 ޞަފްޙާ
ފައިލް ސައިޒް 0.98 MB

 

ފޮތް ޑައުންލޯޑު ކުރައްވާ