[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَفْسِيْرُ ابْن كَثِيْر

 

ފޮތުގެ މަޝްހޫރު ނަން: تَفْسِيْرُ ابْن كَثِيْر (އިބްނު ކަޘީރުގެ ތަފްސީރު)
ފޮތުގެ ފުރިހަމަ ނަން: تَفْسِيْرُ القُرْآنِ العَظِيْمِ
ފޮތުގެ މައުޟޫޢު: ތަފްސީރު
މުއައްލިފުގެ ނަން:

أَبْو الفِدَاء إِسْمَاعِيْل بْن عُمَر بْن كَثِيْر القُرَشِيّ، البَصْرِي ثُمّ الدِّمِشْقِي

އަވަހާރަވި ތާރީޚު: 774 هــ
ފޮތުގެ ތަޢާރުފާއި ޚާއްޞަކަން:

ތަފްސީރުއް ޠަބަރީ ފަދައިން އިބްނު ކަޘީރު رحمه الله ވެސް ޤުރުއާނުގެ އާޔަތްތައް ތަފްސީރުކުރައްވާފައިވަނީ ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙާބުންނާއި އަދި ތާބިޢީންނާއި އަތުބާޢުއް ތާބިޢީންގެ އަރިހުން ރިވާވެގެން އައިސްފައިވާ ބަސްފުޅުތަކުގެ އަލީގައެވެ. އަދި އޭގެ އިތުރުން ސަލަފުންގެ ބޭކަލުންގެ ބަސްފުޅުތަކަށްވެސް އަހަންމިއްޔަތުކަން ދެއްވާފައި ވެއެވެ. އަދި ޤުރުއާން ތަފްސީރުކުރެއްވުމުގައި އެކި ޤިރާއަތްތަކުގައިވާ ތަފާތުތަކަށާއި އާޔަތްތައް ބާވައިލެއްވުނު ސަބަބުތައް ބަޔާންކުރެއްވުމަށްވެސް އެކަލޭގެފާނުވަނީ އަހަންމިއްޔަތުކަން ދެއްވާފައި ވެއެވެ. ތަފްސީރުކުރެއްވުމުގައި އާޔަތް ގެންނެވުމަށްފަހު އެކަލޭގެފާނު ފުރަތަމަ ގެންނަވާފައިވަނީ އޭގައިވާ ޢާންމު މާނައެވެ. ދެން އެއަށްފަހު ޤުރުއާނުން ނުވަތަ ޙަދީޘުން އެ އާޔަތް ތަފްސީރުކުރައްވާފައި ވެއެވެ. ނުވަތަ އެ އާޔަތާ ގުޅޭ ގޮތުން ވާރިދުވެފައިވާ ޞަޙާބީންނާއި ތާބިޢީންނާއި އަތުބާޢުއް ތާބިޢީންގެ ބަސްފުޅުތަކުގެ އަލީގައި ތަފްސީރުކުރައްވާފައިވެއެވެ. އަދި ބައެއް ފަހަރު އެ އާޔަތުގައިވާ ފިޤުހީ ޙުކުމްތަކާއި އެކަމާ ގުޅޭ ޢިލްމުވެރިންގެ ބަސްފުޅުތައްވެސް ގެންނަވާފައިވެއެވެ. އެކަލޭގެފާނުގެ ތަފްސީރުގައި ބައެއް އިސްރާއީލިއްޔާތުތައް ގެންނަވާފައި ވިޔަސް، އެކަލޭގެފާނު މި ފޮތުގެ މުޤައްދިމާގައި ބަޔާންކުރައްވާފައިވާ މަންހަޖާ އެއްގޮތަށް އޭގައިވާ މައްސަލަތައް ވަރަށް ގިނަ ފަހަރަށް ބަޔާންކުރައްވާފައި ވެއެވެ.