[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤުއްވަތާއި (ބާރުވެރިކަމާއި) އަމާނާތްތެރިކަން ވެރިމީހާގެ ކިބައިގައި ޖަމާވުން – 3

ޛާތުއްސަލާސިލް ހަނގުރާމައިގައި ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ވެރިއަކަށް ޢައްޔަނުކުރެއްވީ ޢަމްރު ބުން އަލްޢާޞް އެވެ. އެއީ އެ ލަޝްކަރުގައި އެކަލޭގެފާނަށް ވުރެ މާ މަތިވެރި އެހެން ބޭކަލުން ތިއްބަވަނިކޮށެވެ. އިތުރު އެކަލޭގެފާނުން މި ގޮތަށް ކަންތައް ކުރެއްވީ އެ ލަޝްކަރު އެ ބަޔަކާ ކުރިމަތިލާން ފޮނުއްވާ މީހުންނާއި ޢަމްރު ބުނުލް ޢާޞް އާ މެދު އޮންނަ ތިމާގެކަމުގެ ގުޅުމުގެ ސަބަބުން، އެކަލޭގެފާނު ލަޝްކަރުގެ ވެރިއެއްގެ ގޮތުން ފޮނުއްވަވައިގެން އެމީހުންގެ ހިތްތަކުގައި ލަޝްކަރަށް ރަޙުމު އުފެއްދެވުމަށެވެ.

އަދި އެހެން ހަނގުރާމައެއްގައި ޒައިދުގެފާނުގެ ދަރިކަލުން އުސާމަތުގެފާނު ލަޝްކަރުގެ ވެރިކަމަށް އިސް ކުރެއްވިއެވެ. އެއީ އެކަލޭގެފާނުގެ ބައްޕާފުޅުގެ މަތިން ބަދަލު ހިއްޕެވުމަށްޓަކައެވެ. މި ގޮތަށް ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ކޮންމެ ކަމެއްގައި ވެސް އެންމެ މަޞްލަޙަތު ރަނގަޅު ގޮތަށް އެކިއެކި މަޤާމުތަކަށް ބޭބޭކަލުން އިސް ކުރެއްވިއެވެ. އެއީ ޢިލްމާއި އީމާނުގެ ގޮތުން އެ އަމީރުގެ ދަށުގައި އެ އަމީރަށް ވުރެ މޮޅުއިތުރު ބޭބޭކަލުން ތިއްބަވަނިކޮށެވެ.

ހަމަ އެގޮތަށް ރަސޫލާ  صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ ޚަލީފާ، އަބޫބަކުރުގެފާނު ހަނގުރާމައިގެ ވެރިކަމުގައި ޚާލިދުގެފާނުގެ ބޭނުން ހިއްޕެވުމުގައި ދެމި ހުންނެވިއެވެ. އެއީ މުރުތައްދުވީ މީހުންނާ ދެކޮޅަށް ކުރެވުނު ހަނގުރާމައާއި ޢިރާޤާއި ޝާމުކަރަ ފަތަޙަ ކުރުމަށް ކުރެވުނު ހަނގުރާމަތަކުގައެވެ. މި ހަނގުރާމަތަކުގައި ޚާލިދުގެފާނު އިޖުތިހާދުގެ މައްޗަށް ބިނާ ކުރައްވާ، އެކަލޭގެފާނުގެ ފުށުން ބައެއް ކަހަލަ ނޭދެވޭ ކަންކަން ފާޅުވިއެވެ. އެ ޚަބަރުތައް އަބޫބަކުރުގެފާނަށް ފޯރީ މުޅިން އެހެން ގޮތަކަށެވެ. އެއީ ޚާލިދުގެފާނު އެ ކަންކަމުގައި އެކަލޭގެފާނުގެ ހަވާ ނަފްސަށް ތަބާވީ ކަމަށެވެ. މިއާ އެކުވެސް އަބޫބަކުރުގެފާނު ޚާލިދުގެފާނު އެ މަޤާމުން ދުރު ނުކުރައްވައެވެ. އެހެނެއްކަމަކު އެކަލޭގެފާނުގެ އެ ޢަމަލު ކުށްވެރި ކުރައްވައި އެކަލޭގެފާނަށް އަބޫބަކުރުގެފާނު ނަޞޭޙަތް ދެއްވީއެވެ. އެއީ އެކަލޭގެފާނު އެ މަޤާމުގައި ދެމި ހުރުމަކީ އެންމެ މަޞްލަޙަތު ބޮޑު ގޮތްކަމުގައި ވާތީއެވެ. އެއީ އެކަލޭގެފާނު ފަދައިން އެ މަޤާމު އަދާ ކުރެވޭނޭ އެހެން ބޭކަލަކު ނެތުމާވެސް އެކުގައެވެ.

 

=ނުނިމޭ=

 


 

މި ލިޔުމުގެ އެހެން ބައިތައް

 

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ގެ ރިސާލާއެއްކަމުގައިވާ “السياسة الشرعية في إصلاح الراعي والرعية” ގެ ބައެއް ބައިތަކުގެ ތަރުޖަމާއެކެވެ.