އެއްދުވަހަކު ލޫތު އާއި އޭނާގެ ބައްޕަ ބުރެއްޖަހާލަން ސައިކަލުގައި ނިކުތެވެ. ދިޔަ މަގުމަތީގައި މޫދު ފެނިގެން ކުޑަ ކުޑަ ލޫތު ސުވާލުކުރިއެވެ. “ބައްޕާ! މޫދު ހެއްދެވީ ކާކު؟” ޖަވާބުގައި ބައްޕަ ބުންޏެވެ. “މާތް ﷲ”.
ދެން ލޫތުއަށް ފެނުނީ ގަހެކެވެ. ލޫތު ސުވާލުކުރިއެވެ. “ގަސް ހެއްދެވީ ކާކު؟” ބައްޕަ ބުންޏެވެ. ” މާތް ﷲ”.
ދެން ދަނިކޮށް ވާރޭ ވެހެން ފަށައިފިއެވެ. އަދި ދެބަފައިން ވަރަށް އަވަހަށް ގެއަށް ދިޔައެވެ. އަދި ކުޑަދޮރުން ވާރޭވެހޭ މަންޒަރު ބަލަންއިނދެ ލޫތު ސުވާލުކުރިއެވެ. “ބައްޕާ! ވާރޭ ވެހޭގޮތް މެދުވެރި ކުރެއްވީ ކާކު؟” ބައްޕަ ބުންޏެވެ. “އެއީ މާތް ﷲ. ދުނިޔެއާއި ދުނިޔޭގައިވާ ހުރިހާ ތަކެއްޗެއް ހެއްދެވި ފަރާތަކީ ކުޅަދުންވަންތަ މާތް ﷲ”.
މިވާހަކަ އަޑުއަހަން ހަމަހިމޭނުން އިނދެ “ބައްޕާއޭ” ކިޔާ ގޮވާލިއެވެ. “ދަރިފުޅާ ކީކޭ!” ބައްޕަ އަހާލިއެވެ. ލޫތު މޭމަތީގައި އަތް އަޅާފައި ސުވާލުކުރިއެވެ. “އެހެންވިއްޔާ އަހަރެން ހެއްދެވީ ކާކު؟”. ބައްޕަ ބުންޏެވެ. “ދަރިފުޅުވެސް، ބައްޕަވެސް އަދި ދުނިޔޭގައިވާ ހުރިހާ އެންމެން ހެއްދެވީ މާތް ﷲ”. ލޫތު ބުންޏެވެ. “ބައްޕާ! އެހެންވީއިރު ދެން އަޅުގަނޑުމެން ކުރަންވީ ކޮން ކަމެއް؟” ބައްޕަ ބުންޏެވެ. “ދަރިފުޅުވެސް ބައްޕަވެސް އަދި އެންމެންވެސް ކުރަންވީ ކަމަކީ ބަސްއަހައިގެން، ނާމާދުކޮށް، ޤުރުއާން ކިޔަވައި އަޅުކަންކުރަންވީ!” ލޫތު ބުންޏެވެ. “ބައްޕާ! އެހެންވެތޯ އަޅުގަނޑު ގޮވައިގެން ބައްޕަ މިސްކިތަށް ދުރުވަނީ”. ބައްޕަ ބުންޏެވެ. ” އާނ ދަރިފުޅާ! އެހެންވީމާ ބައްޕަ މިސްކިތަށް ދަނީ”. ލޫތު ބުންޏެވެ. “ބައްޕާ! އަޅުގަނޑު ދެން ހުރިހާ ނަމާދެއް ކުރާނަން، ބައްޕަގެ ބަސްއަހާރަނގަޅު ކުއްޖަކަށް ވާނަން”. މިއަޑުއަހާފައި ބައްޕަ ވަރަށް އުފާވިއެވެ. އަދި ލޯބިން ލޫތު އުރާލާފައި ބައްޕަ ބުންޏެވެ. ” މިއީ ބައްޕަގެ ބަސްއަހާ ރަނގަޅު ދަރިފުޅު”.