[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ: މުސްކުޅިބެއާއި މުޙައްމަދު

އެއްދުވަހަކު މުޙައްމަދު ކިޔާ ކުޑަކުއްޖަކު އޭނާގެ މަންމައާއެކު ހިނގާލަން ނިކުތެވެ. ނިކުމެގެން ހިނގަމުން ދަނިކޮށް މުޙައްމަދަށް މީހަކު ގޮވާލިހެން ހީވިއެވެ. ބަލައިލިއިރުކަމަކު ދާކަށް ނެތެވެ. ލޮލަށް ނުފެންނަ މުސްކުޅިބޭބެއަކު ދެފަރާތް ދެފަރާތަށް އަތްހޫރާފައި “މީހެކޭ” ކިޔާ ގޮވަނީއެވެ. މުޙައްމަދު އޭނާގެ މަންމަ ގާތު ބުންޏެވެ. “އެބޭބެއަށް އެހީވާން ހިނގާ”.

ދެން ދެމައިން އެބޭބެ ގާތަށް ގޮސް ބޭނުންވެގެން އުޅެނީ ކޮންކަމެއްތޯ ސުވާލުކުރިއެވެ. ޖަވާބުގައި މުސްކުޅި ބޭބެ ބުންޏެވެ. “ބޭބެގެ އަސާ އަތުން ދޫވެގެން ވެއްޓިއްޖެ. އަސާ ނަގާލަ ދީބަލަ”.

މުޙައްމަދު އަސާ ނަގާ ދިނުމުން ބޭބެ ބުންޏެވެ. “ކޮއިފުޅަށް މާތް ﷲ ހެޔޮ ޖަޒާ ދެއްވާށި!”

“ބޭބެ ތި ދަނީ ކޮންތަނަކަށް؟” މުޙައްމަދު ސުވާލުކުރިއެވެ.

“ބޭބެ މި ދަނީ މިސްކިތުން ގެއަށް ދާން. ބޭބެ ދެން ހިނގައި ދާނަން. ދަރިފުޅު ދެން ދޭ!” ބޭބެ ބުންޏެވެ.

“ބޭބެގެ ކެތްތެރިކަމަށް ގިނަގުނަ ސަވާބު ދެއްވާށި” މިހެން ބުނެ މުހައްމަދު ބޭބެއާ ސަލާމްކޮށްފައި ހިނގައްޖެއެވެ.