[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެން ތައުބާވާން ބޭނުން، އެކަމަކު… 11

އަހަރެންގެ ފާފަތައް އަހަރެންގެ ދިރިއުޅުން ކިލަނބުކޮށްލާ

ތިބާ ބުނެފާނެއެވެ. “އަހަރެން ބައިވަރު ފާފަތައް ކުރީމެވެ. އަދި ﷲ ތަޢާލާއަށް ތައުބާވީމެވެ. އެކަމަކު އެފާފަތަކުގެ ސަބަބުން އަހަންނަށް އުނދަގޫވެއެވެ. އަހަންނަށް ކުރެވިފައިވާ ކަންތައްތައް ހަނދާންވުމުން އަހަރެންގެ ދިރިއުޅުން ކިލަނބުވެއެވެ. އަދި ނިދާތަންމަތީގައި އޮތުމަށް ދަތިވެއެވެ. އަދި ރޭގަނޑުގެ ނިދިން މަޙްރޫމުވެއެވެ. އަދި އަހަރެންގެ ހަމަޖެހުމަށް ލޮޅުން އަރުވާލައެވެ. ފަހެ އަހަރެން ހަމަޖެހުން ހޯދާނީ ކިހިނެއްހެއްޔެވެ؟”

އަޅުގަނޑު ތިބާއަށް ބުނަންއޮތީ: “އޭ މުސްލިމް އަޚާއެވެ. ތިޔަ ޝުޢޫރުތަކަކީ ތެދުވެރި ތައުބާއެއްގެ ދަލީލެވެ. ކުރެވުނު ކަންތަކާމެދު ދެރަވެ ހިތާމަކުރުމަކީ ތިއީއެވެ. ހިތާމަކުރުމަކީ ތައުބާއެކެވެ. އިސްވެދިޔަކަންކަމުން މޫނު އަނބުރާލާ އުންމީދުގެ ލޮލުން ބަލާށެވެ. ﷲ ތަޢާލާ ތިބާއަށް ފުއްސަވައި ދެއްވާނެކަމަށް އުންމީދުގައެވެ. ﷲދެއްވާނޭ ލުއިފަސޭޙަކަމުން މާޔޫސްނުވާށެވެ. ﷲގެ ރަޙްމަތްފުޅާމެދު އުންމީދު ކަނޑައިނުލާށެވެ. ﷲ ތަޢާލާ ވަޙިކުރައްވާފައިވެއެވެ. ﴿… وَمَن يَقْنَطُ مِن رَّحْمَةِ رَبِّهِ إِلَّا الضَّالُّونَ﴾ (سورة الحجر ٥٦)

މާނައީ: “މަގުފުރެދިގެންވާ މީހުން މެނުވީ، އެ މީހެއްގެ ވެރިރަސްކަލާނގެ ރަޙްމަތާމެދު އުންމީދުކަނޑާލާނީ ފަހެ ކާކުހެއްޔެވެ.”

އިބްނު މަސްޢޫދު رضي الله عنه ވިދާޅުވިއެވެ. ((أكْبَرُ الْكَبَائِرِ: الإِشْرَاكُ بِاللَّهِ، وَالأَمْنُ مِنْ مَكْرِ اللَّهِ، وَالْقَنُوطُ مِنْ رَحْمَةِ اللَّهِ، وَالْيَأْسُ مِنْ رَوْحِ اللَّهِ )). [رواه عبد الرزاق وصححه الهيثمي وابن كثير] މާނައީ: “އެންމެ ބޮޑު ފާފަތަކަކީ ﷲ ތަޢާލާއަށް ޝިރުކުކުރުމެވެ. އަދި ﷲގެ ރޭވުންތެރިކަމަށް އަމާންކަން ލިބިގެންވާކަމަށް ޤަބޫލުކުރުމެވެ. (އެބަހީ: ފާފައެއްކުރުންމަތީ ދެމިހުންނަ ޙާލު އެކަނލާގެ ފާފަފުއްސުވުމަށް އުންމީދުކުރުމެވެ.) އަދި ﷲ ތަޢާލާގެ ރަޙްމަތްފުޅުން އުންމީދުކަނޑާލުމެވެ. އަދި ﷲދެއްވާނޭ ލުއިފަސޭޙަކަމުން މާޔޫސްވުމެވެ.”

އަދި މުއުމިނުން ﷲ ތަޢާލާގެ ޙަޟްރަތަށް ދަތުރުކުރަނީ ބިރުވެތިކަމާއި އުންމީދުކުރުމާއެކުއެވެ. އަދި ޙާޖަތުގެވަޤުތު މިއިން ކޮންމެވެސް އެއްކަމެއްގެ ބާރުގަދަވެއެވެ. ފަހެ ﷲ ތަޢާލާއަށް އުރެދެވޭ ހިނދު ބިރުވެތިކަމުގެ ކުރިއަރާގޮސް އޭނާ ތައުބާވެއެވެ. އަދި ތައުބާވާ ހިނދު ﷲ ތަޢާލާގެ ޢަފޫކޮށްދެއްވުމަށް އުންމީދުކުރުންކުރިއަރާދެއެވެ.

-ނުނިމޭ-

މިލިޔުމުގެ އެހެން ބައިތައް ބައްލަވާ