ޞަޙާބީންގެ ތެދުވެރި އީމާންކަމާއި ކިޔަމަންތެރިކަން (2)
ކުރީގެ ލިޔުމާއި ގުޅޭ… އޭބޭކަލުންނީ ﷲ ތަޢާލާ ބާވައިލައްވާ ވަޙީބަސްފުޅުތަކަށް ކަނުލާ އަޑުއަހައި އެއާއި އެއްގޮތަށް ޢަމަލުކުރުމުގައި މުޅި އުއްމަތަށްހުރި ނަމޫނާއެކެވެ. އެބޭކަލުންގެ މަޖްލީސްތަކުގައި ﷲ ތަޢާލާގެ ވަޙީބަސްފުޅު ކިޔޭވޭހިނދު މުޅި މަޖިލީހުގައި ގިސްލުމާއި ރުއިމުގެއަޑު ގަދަވެގެންދެއެވެ. އެއްދުވަހެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަރަށް ބަލާޣާތްތެރި ޚުތުބާއެއްދެއްވެެވިއެވެ. އިރުބާޟު ބިން ސާރިޔަތު ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައިވެއެވެ. ( لو تعلمون ما أعلم لضحكتم قليلاً ولبكيتم كثيراً، وما تلذذتم بالنساء على الفرش، ولخرجتم إلى…