ތުއްތުކުދީންގެ ހިތްތަކުގައި މާތް ﷲ އާމެދު ލޯބި އުފައްދާނީ ކިހިނެއް؟ (2)
ތުއްތުކުދިންގެ ހިތްތަކުގައި މާތްﷲ އާ މެދު ލޯބިޖެއްސުމަށްޓަކައި މާތްﷲ ސުބްޙާނަހޫ ވަތަޢާލާގެ ޢިލްމުފުޅު އަޅުގަނޑުމެންނާއެކު އަބަދުވެސް ވާކަން ކުދިންނަށް ކިޔައިދެވިދާނެއެވެ. އެގޮތުން ކުދިން ކުރާ ހުރިހާ ކަމެއް އެކަލާނގެ ބައްލަވާ ވޮޑިގެންވާކަން، ކުދިން ދައްކާހާ ވާހަކައެއް އެކަލާނގެ އައްސަވާވޮޑިގެންވާކަން އަދި ކުދިން ހިތަށް އަރާހާ އެއްޗެއްވެސް އެކަލާނގެ ދެނެވޮޑިގެންވާކަން އެކުދިންނަށް ގިނަގިނައިން ހަނދާންކޮށްދިނުމަކީ މުހިއްމުކަމެކެވެ. މިފަދައިން ކުދިންނާ ވާހަކަދައްކައި ކުދިންގެ ސުވާލުތަކަށް ޖަވާބުދީ ހެދުމުން، ﷲ އާ މެދު ކުދިންގެ ތަޞައްވަރު އިތުރަށް ސާފުވެ އެކުދިންގެ ސިކުނޑި…