![](https://dhisalafiyyah.net/wp-content/uploads/2011/09/maaalik-bin-deenaar.jpg)
މާލިކު ބިން ދީނާރު ރަޙިމަހުﷲ
ޝެއިޙް މާލިކް ބިން ދީނާރު (ރަޙީމަހުﷲ) އަކީ ތާބިއީ ބޭކަލުންގެ ޒަމާނުގައި އުޅުއްވި މަޝްހޫރު ބޭކަލުންގެ ތެރޭގައި ހިމެނޭ ބޭކަލެކެވެ. މިކަލޭގެފާނަކީ ޙަސަނުލް ބަސަރީގެ ދަރިވަރެކެވެ. ބުނެވޭގޮތުން މުއުތަބަރު ޙަދީޘް ޢިލްމްވެރިއެކެވެ. އަނަސް އިބްން މާލިކް (ރަޟިޔަﷲ އަންޙް) އަދި އިބްނި ސީރީން (ރަޙިމަހުﷲ) ފަދަ ބޭބޭފުޅުންގެ ފަރާތުން ޙަދިޘް ރިވާކުރައްވާފައެވެ. އަދި ކީރިތި ގުރުއާން ރީތިކޮށް ލިޔުއްވި ބޭކަލެކެވެ. ދުނިޔެ ދޫކުރައްވާފައިވަނީ ހިޖުރައިން 130 މީލާދިން 748 ވަނަ އަހަރުގައެވެ.