
ބިދުޢައަކީ ކޮބައިކަން ދެނެގަތުން
ބިދުޢައަކީ ކޮބައިކަމާއި، ބިދުޢަވެރިންނަކީ ކޮބައިކަމާއި، ޝަރުޢުގައި މަނާކުރައްވާފައިވާ ބިދުޢައާއި އެނޫން ބިދުޢަ ތަފާތުކޮށް ދެނެގަތުމަށްޓަކައި، ޝަރުޢުގައި ބިދުޢަ ތަޢްރީފްކޮށްފައިވާ ގޮތަކީ ކޮބައިކަން ދެނެގަތުމަކީ ވަރަށް މުހިއްމުކަމެކެވެ. އެހެނީ، މިކަމާގުޅޭ އެންމެހާ ޙުކުމްތަކެއް ބިނާވެފައިވާނީ ޝަރުޢީ ތަޢްރީފަށެވެ.