ޢާދިޔާތު ސޫރަތުގެ ތަފްސީރު – 4
﴿وَحُصِّلَ مَا فِي الصُّدُورِ﴾ އެބަހީ ހިތްތަކުގައިވާ ނިޔަތްތަކެވެ. އަދި ވަކީލުކުރުމާއި ހިތްޖެހުމާއި ނުރުހުންވުމާއި ބިރުގަތުމާއި ރައްކާތެރިކަމަށް އެދުމާއި މިބާވަތުގެ އެންމެހާ ހިތުގެ ޢަމަލުތަކެވެ. އަދި ހިތްތަކުގައިވާ ކަންކަމީ ބިންގާ ކަމުގައި، ﷲ ތަޢާލާ މިތާނގައި ލައްވާފައި ވެއެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ: ﴿يَوْمَ تُبْلَى السَّرَائِرُ﴾ ﴿فَمَا لَهُ مِن قُوَّةٍ وَلَا نَاصِرٍ﴾ [سورة الطارق: 9، 10] މާނައީ: “ހިތްތަކުގައިވާ ސިއްރުތައް ފާޅުކުރައްވައި، އިމްތިޙާނު ކުރައްވާ ދުވަހެވެ. ފަހެ، އޭނާޔަށް އެއްވެސް…