އަޅުގަނޑުމެން ދިވެހިންނަކީ ޢާއްމުކޮށް ދީނީ ކަންތައްތަކަށް ޝައުޤުވެރިކަން ހުންނަ ބައެއްކަމުގައި ވިޔަސް، ދީނީ ގިނަ ޙުކުމްތައް އޮޅުން ފިލުވާދެވިފައި ނެތުމާއި އަދި ލިޔެވިފައި ހުރި ދީނީ ފޮތްތައް މަދުކަމާއިއެކު އެފަދަ ކަންކަން ރަނގަޅަށް އެނގިފައި ތިބި މީހުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަދެވެ. ޚާއްޞަކޮށް އަޅުކަމުގެ ދާއިރާއާއި ޠަހާރަތުގެ ދާއިރާގެ ކަންތައްތައް ކުރަންޖެހޭގޮތް ގިނަމީހުންނަށް ރަނގަޅަށް ނޭނގެއެވެ. މިގޮތުން ޖުނުބުވެރިވުމުން ފުރިހަމައަށް ހިނައިގަންނަން އެނގެނީވެސް އަޅުގަނޑުމެންގެ ތެރެއިން ވަރަށް މަދު މީހަކަށެވެ. މިފަދަ މަޢުލޫމާތު ހޯދަން ބަލާލި…