[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުންމަތުގެ އާންމުންނަށް މުހިއްމު ދަރުސްތައް (ދެވަނަ ދަރުސް، ތިންވަނަ ދަރުސް)

ދެވަނަ ދަރުސް (އިސްލާމުކަމުގެ ރުކުންތައް)

  • އިސްލާމުކަމުގެ ފަސް ރުކުން ބަޔާންކޮށްދިނުން.

އެންމެ ފުރަތަމަ އަދި އެންމެ މަތިވެރި ރުކުނަކީ ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވުމާއި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާކަމަށް ހެކިވުމެވެ.  ޝަހާދަތުގެ ދެކަލިމައިގެ މާނައާއި ޝަރަޙަ އޭގެ ޝަރުތުތަކާއި އެކު ދެނެގަތުމެވެ.

  • لَاإِلٰهَ – ނަފީކުރުން: ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންކުރެވޭ އެއްވެސް އިލާހަކު ވާކަން ނަފީކުރުމެވެ.
  • إِلَّا اللهُ – ޘާބިތުކުރުން: ޙައްޤުގޮތުގައި އަޅުކަންކުރެވެނީ ހަމައެކަނި ﷲ އަށް ކަމާއި އެކަލާނގެއަށް ޝަރީކަކު ނުވާކަން ޘާބިތުކުރުމެވެ.

لَاإِلٰهَ إِلَّا اللهُ ގެ ޝަރުތުތައް:

  • ޖާހިލުކަން ނަފީކުރާ ޢިލްމު
  • ޝައްކު ނަފީކުރާ ޔަޤީންކަން
  • ޝިރުކު ނަފީކުރާ އިޚްލާސްތެރިކަން
  • ދޮގުވެރިކަން ނަފީކުރާ ތެދުވެރިކަން
  • ރުޅިވެރިކަން ނަފީކުރާ ލޯބިކުރުން
  • ނުކިޔަމަންތެރުކަން ނަފީކުރާ ބޯލެނބުން
  • ރައްދުކުރުން ނަފީކުރާ ޤަބޫލުކުރުން
  • ﷲ ފިޔަވާ އަޅުކަންވެވޭ އެންމެހާ ފަރާތްތަކަށް ކާފަރުވުން

މިކަންވަނީ އަންނަނިވި ދެ ޅެން ބައިތުގައި ޖަމާކުރެވިފައެވެ.

عِلْمٌ[1] يَقِيْنٌ[2] وَإِخْلاَصٌ[3] وَصِدْقُكَ[4] مَعْ

                مَحَبَّةٍ[5] وَانْقِيَادٍ[6] وَالقَبُوْلِ[7] لَهَا

   وَزِيْدَ ثَامِنُهَا الكُفْرَان مِنْكَ بِمَا

                سِوَى الإلهِ مِنَ الأَشْيَاءِ قَدْ أَلِهَا[8]

މާނައީ: ޢިލްމު[1]، ޔަޤީންކަން[2]، އިޚްލާޞްތެރިކަން[3] އަދި ތިބާ ތެދުކުރުމާއެކު[4] ލޯބިކޮށް[5]، ބޯލަނބާ[6]، ޤަބޫލުކުރުމެވެ[7]. އަދި  ފިޔަވާ އިލާހުންތަކެއްކަމަށް ހަދައިގެން އަޅުކަންކުރެވޭ އެންމެހާ ތަކެއްޗަށް ކާފަރުވުން[8] އަށްވަނަ ކަމަކަށް އިތުރު ކުރެވެއެވެ.

 

ދެން ހަމަ އެއާއި އެކު މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާ ކަމަށް ހެކިވާނޭގޮތް ބަޔާންކުރުމެވެ.

އަދި އެކަމަށް ހެކިވުމުން ލާޒިމު ވާކަންތައްތައްވެސް ބަޔާންކުރުމެވެ. މިގޮތުން އެކަލޭގެފާނު  ކުރައްވާފައިވާ ޚަބަރުތައް ތެދުކޮށް ކަށަވަރު ކުރުމާއި، އެކަލޭގެފާނުގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމާއި، އެކަލޭގެފާނު ނަހީ ކުރައްވާ އެއްކިބާ ކުރުވާފައިވާ ކަންކަމުން ދުރުހެލިވުން އަދި ﷲ އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ޝަރުޢުކުރެއްވި ގޮތަށް މެނުވީ އެކަލާނގެއަށް އަޅުކަންނުކުރުމެވެ.

 

  • ދެން އެއަށްފަހު އިސްލާމްކަމުގެ ފަސްރުކުގެ ތެރެއިން ބާކީ ހުރި ކަންތައްތައް ކިޔަވާ ކުއްޖާއަށް ބަޔާން ކޮށްދޭންވާނެއެވެ. އެއީ:
  • ނަމާދު(ޤާއިމުކުރުމާއި)،
  • ޒަކާތް(ދިނުމާއި)،
  • ރަމަޟާންމަހު ރޯދަ(ހިފުމާއި) އަދި
  • ކުޅަދާނަކަންލިބިގެންވާ މީހާ ހުރުމަތްތެރިވެގެންވާ ﷲގެފުޅަށް ހައްޖުވުމެވެ.

 


ތިންވަނަ ދަރުސް (އީމާންކަމުގެ ރުކުންތައް)

 

އީމާންކަމުގެ ހަ ރުކުނެއްވެއެވެ. އެއީ:

  • ﷲ އަށް އީމާންވުމާއި،
  • މަލާއިކަތްބޭކަލުންނަށް އީމާންވުމާއި،
  • ފޮތްތަކަށް އީމާންވުމާއި،
  • ރަސޫލުބޭކަލުންނަށް އީމާންވުމާއި،
  • އާޚިރަތް ދުވަހަށް އީމާންވުމާއި އަދި
  • ﷲ ގެ ހަޟްރަތުން (ނިޔާކުރެވިފައިވާ) ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުމެވެ.

__________________________________

މި ފޮތުގެ އެހެނިހެން ދަރުސްތައް