[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 30 –

ޢިލްމު ހޯދުމަށްޓަކައި ދަތުރުކުރެއްވުން ފެށުނު ތާރީޚް:

 

މިކަމުގެ ދަލީލަކީ ﷲ ގެ ނަބިއްޔާ މޫސާ عليه الصلاة والسلام  ޢަލައިހިއްސަލާމް ޚަޟިރުގެ އަރިހަށް ކުރެއްވި ދަތުރުފުޅެވެ. ﷲ ތަޢާލާވަނީ އެކަން ކަހްފު ސޫރަތުގައި ބަޔާންކޮށްދެއްވާފައެވެ. އިސްލާމްދީން އައުމަށްފަހު އެފަދަ ދަތުރުތައް ކުރެވެން ފެށުނީ ޢަރަބި ޤަބީލާތަކުގެ މީސްތަކުން އިސްލާމްވެ، ޢަރަބި ޖަޒީރާގެ އެކި ކަންކޮޅުތަކުން ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހަށް  އަންނަން ފެށުމުންނެވެ. އަދި ވަޙީގެ ޛަރީޢާއިން އައިސްފައިވާ ބަސްފުޅުތައް (ޤުރުއާނާއި ސުންނަތް) އެކަލޭގެފާނުގެ އަރިހުން އެބޭކަލުން އުނގެނިވަޑައިގަތެވެ.

ދެން އެއަށްފަހު ﷲ ގެ ރަސޫލާ صلى الله عليه وسلم އަވަހާރަވުމުން ޞަޙާބީ ބޭކަލުންވަނީ އެކަމަށް ނުހަނު އަހަންމިއްޔަތުކަން ދެއްވާފައެވެ. އޭރު ޞަޙާބީ ބޭކަލުންވަނީ އިސްލާމީ ފަތަޙަތަކުގައި ނުކުމެވަޑައިގެން އެކި ކަންކޮޅުތަކުގައެވެ. އެގޮތުން ޖާބިރު ބިން ޢަބްދުﷲ ވަނީ ޢަބްދުﷲ ބިން އުނައިސްގެ އަރިހަށް އެއް މަސްދުވަހުގެ ދަތުރެއްކުރައްވާ ޝާމަށް ވަޑައިގެންފައެވެ. އެއީ އިބްނު އުނައިސް ފިޔަވާ އެއްވެސް ބޭކަލަކު ދަސް ނޫން އެންމެ ޙަދީޘްއެއް އަޑުއެއްސެވުމަށެވެ. [1]

އަދި ޢުޤްބާ ބިން ޢާމިރުގެ އަރިހަށް އަބޫ އައްޔޫބު އަލްއަންޞާރީ މިޞްރަށް ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނާ ބައްދަލުވުން ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ ގެ އަރިހުން މުސްލިމުން ފަރުދާކޮށްދިނުމާ ބެހޭގޮތުން އެއްސެވި ޙަދީޘް ކިޔައިދެއްވާށެވެ. ކަލޭގެފާނާ ތިމަންކަލޭގެފާނު ފިޔަވާ އެޙަދީޘް އެއްސެވި އެއްވެސް ބޭކަލަކު މިހާރަކު ނެތެވެ. ފަހެ، އެކަލޭގެފާނަށް އެޙަދީޘް ކިޔައިދެއްވުމުން ސަވާރީއަށް އަރާވަޑައިގެން އެކަލޭގެފާނު އެނބުރި މަދީނާއަށް ރުޖޫޢަވިއެވެ. އެކަލޭގެފާނުގެ ދަތުރު އެހާ ހިސާބުން ނިންމަވާ ނުލައްވައެވެ.[2]

 

= ނުނިމޭ =

______________________

އެހެނިހެން ބައިތައް

 

[1]  ترجم به البخاري في كتاب العلم من صحيحه – باب الخروج في طلب العلم، وأخرجه الخطيب في كتاب الرحلة بسنده ص: ۱٠٩ – ۱۱٨.

[2]  الخطيب البغدادي في الرحلة ص: ۱٨٨، وابن عبد البر في الجامع ۱ / ٩۳