[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الضحى ގެ ތަފްސީރު 9

﴿وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ  

މާނައީ: “އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރިރައްބު ދެއްވި ނިޢުމަތުގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވާށެވެ!”

ބަޔާންވެ ދިޔަ ތިން އާޔަތުގައި މާތް ﷲ ރަސޫލުﷲ ﷺ އަށް ދެއްވެވި ކަމަށް ޛިކުރުކުރައްވައިފައިވާ ނިޢުމަތްތަކެވެ. އެއީ

أَلَمْ يَجِدْكَ يَتِيمًا فَآوَىٰ ﴿٦﴾ وَوَجَدَكَ ضَالًّا فَهَدَىٰ﴿٧﴾ وَوَجَدَكَ عَائِلًا فَأَغْنَىٰ ﴿٨﴾ .

މިތިން އާޔަތުން ނިޢުމަތްތައް ފުރިހަމަކޮށްދެއްވިއެވެ. ﷲ ދެއްވެވި ނިޢުމަތްތަކާމެދު ވާހަކަ ދައްކަވާށެވެ. ބުނާށެވެ: ތިމަން ޔަތީމެއްގެ ހާލުގައިވީމެވެ. ފަހެ ﷲ އަޅާ ހިޔާވަހިކަން ދެއްވިއެވެ. ތިމަން މަގު ގެއްލިފައިވީމުއެވެ. ފަހެ ﷲ އަޅާއަށް ހިދާޔަތު ދެއްކެވިއެވެ. ތިމަން ފަޤީރަކު ކަމުގައި ވީމުއެވެ. ފަހެ ﷲ އަޅާ މުއްސަންދިކުރެއްވިއެވެ. އެހެނެއްކަމަކު މިނިޢުމަތްތައް ފާޅުކުރުމަށާއި އަދި ނިޢުމަތް ދެއްވެވި ފަރާތަށް ޝުކުރުއަދާކުރުމުގެ ގޮތުން މިނިޢުމަތްތަކާއިމެދު ވާހަކަދައްކަވާށެވެ. ޚަލްޤުތަކުންގެ މައްޗަށް ފަޚުރުވެރިވުމަކަށެއް ނޫނެވެ. އެހެނީ ކަލޭގެފާނު އެކަންތައް ޚަލްޤުތަކުންގެ މައްޗަށް ފަޚުރުވެރިވުމަށް ކުރައްވައިފިނަމަ މިކަން ވެގެންދާނީ ގޯސްކަމަކަށެވެ. ނަމަވެސް ﷲ ދެއްވި ނިޢުމަތްތައް ހަނދުމަކުރުމުގެ ގޮތުން އެފަދައިން ބުނެފިނަމަ ނުވަތަ ޝުކުރުވެރިވުމުގެ ގޮތުން ބުނެފިނަމަ ދަންނައެވެ. މިއީ ﷲ ތަޢާލާ އަމުރުކުރައްވާފައިވާ ކަމެކެވެ. މިއީ މިމަތިވެރި ސޫރަތާ ބެހޭގޮތުން ވަރަށް މަދު ބަސްކޮޅެކެވެ. ޢިލްމުވެރިންނަށް ނުވަތަ އަޅުގަނޑަށްވެސް މިބަޔާންކޮށްދެވެނީ ޤުރުއާނުގައިވާ މަތިވެރި މާނައިން ވަރަށް މަދު މިންވަރެކެވެ.

نسأل الله أن يرزقنا الفهم في دين الله، والعمل بما علمنا إنه على كل شيء قدير.

= ނިމުނީ =

މިސޫރަތުގެ އެހެނިހެން ބައިތައް