[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 24

އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުން އެކަލޭގެފާނަށް ޒިޔާރަތް ކުރެއްވުމަށް ވަޑައިގެންނެވުމުން އެކަނބަލުންނަށް އިސްތިޤުބާލު ކުރައްވައްވައެވެ:

އެއްރެއަކު ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ޞަފިއްޔާ رضي الله عنها ޒިޔާރަތް ކުރެއްވި ޙާދިޘާ ބަޔާންކުރައްވައި އެކަމަނާ ރިވާރެއްވިއެވެ.

“ﷲ ގެ ރަސޫލާ صلى الله عليه وسلم އިންނެވީ އިޢުތިކާފަށެވެ. ފަހެ ތިމަން ކަމަނާ އެއް ރެއަކު އެކަލޭގެފާނަށް ޒިޔާރަތް ކުރެއްވީމެވެ. އަދި ވާހަކަ ދެއްކެވީމެވެ. އެއަށްފަހު ތިމަން ކަމަނާ (ގެކޮޅަށް ދިއުމައްޓަކައި) ތެދުވެވަޑައިގެން އެނބުރިވަޑައިގެންނެވީމެވެ. ފަހެ އެކަލޭގެފާނު ވެސް ތިމަން ކަމަނާއާ އެކު ތެދުވެވަޑައިގެންނެވިއެވެ. ތިމަން ކަމަނާއާ އެކު ވަޑައިގެންނެވުމަށެވެ. ފަހެ (މަގުމަތިން) އަންޞާރިއްޔަ ދެ ބޭކަލެއް ހުރަސްކުރެއްވިއެވެ. އަދި ނަބިއްޔާ صلى الله عليه وسلم ފެނިވަޑައިގެންނެވުމާއެކު އެ ދެ ބޭކަލުންގެ ހިނގުން އަވަސްކޮށްލެއްވިއެވެ. ފަހެ (އެހިނދު) ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ: “عَلى رِسْلِكما إِنَّها صَفية بنتُ حُييِّ’. “ތިޔަ ދެ ބޭކަލުން (އަވަސް އަވަހަށް ވަޑައިނުގެން) ހަމަޖެހިވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އެކަމަނާއަކީ ޞަފިއްޔަތު ބިންތު ޙުޔައްޔުއެވެ'”. البخاري 2038.

ފަހެ ނަބިއްޔާ صلى الله عليه وسلم މިވަނީ އިޢުތިކާފަށް އިށީންދެވަޑައިގެން އިންނަވަނިކޮށް އެކަލޭގެފާނުގެ އަނބިކަނބަލެއް ވަޑައިގެންނެވުމުން އެކަމަނާއަށް ވަގުތު ހުސްކޮށްދެއްވާފައެވެ. އަދި އެވަރުން ނިންމަވާލެއްވީކީ ވެސް ނޫނެވެ. އެއާއެކު، އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންގެ ގެކޮޅުތައް މިސްކިތްކޮޅާ އެއްވެސް ހުރަހެއް ނެތި ދާދި ގާތްކޮށް، ޖެހިޖެހިގެން ކަހަލަ ގޮތަކަށް ހުރިއިރުވެސް އެކަލޭގެފާނު މިވަނީ އެކަމަނާ ގެކޮޅަށް ލައިދެއްވުމަށް ވެސް ވަޑައިގެންފައެވެ.

 

ނުނިމޭ…

 

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 23