[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 7

ފަހެ ނަބިއްޔާ صلى الله عليه وسـلم ގެ އެ އިޖުތުހާދުފުޅު ރަނގަޅު ނޫންކަމަށް ﷲ ގެ މިއާޔަތުގައި އިޝާރާތް ކުރައްވައި އެންގެވުމުން ހާމަވެގެންދާ އަނެއް ކަމަކީ، ދީނުގެ އެއްވެސް ކަމެއްގައި އެކަލޭގެފާނުގެ އިޖުތިހާދުފުޅާއި ﷲ ތަޢާލާގެ ޙުކުމްފުޅާ ސީދާ ނުވެއްޖެ ނަމަ އެކަމެއްގެ ޙައްޤު ގޮތް ނުވަތަ އެކަމެއް އަސްލު އޮންނަންޖެހޭ ގޮތް ބަޔާން ނުކޮށްދެއްވައި އެއްވެސް ޙާލެއްގައި ﷲ ތަޢާލާ އެކަމެއް ދޫނުކުރައްވާ ކަމެވެ. އެހެން ނުވާނީ ކީއްވެތޯއެވެ! ފަހެ، ނަބިއްޔާ صلى الله عليه وسـلم އަކީ އެކަލާނގެ ޙުކުމްފުޅުތައް އިލާހީ މުރާދަފުޅާ ސަތޭކަ އިންސައްތަ ސީދާވެ އެއްގޮތް ވާގޮތުގެ މަތިން ތަންފީޛު ކުރެއްމައްޓަކައި ފޮނުއްވަވާފައިވާ ބޭކަލެކެވެ. އިންސާނެއްގެ ޙައިޘިއްޔަތުން އެކަލޭގެފާނަށް ޖެހޭ ކުށްތައް އިޞްލާޙު ނުކޮށްދެއްވާނަމަ އެކަލޭގެފާނު ފޮނުއްވުނު މަޤްޞަދު ޙާޞިލެއް ނުވާނެ ނޫންތޯއެވެ! އަދި އެކަލޭގެފާނުގެ އިޖުތިހާދު ގޯސްވެއްޖެ ހިނދެއްގައި އެކަން ﷲ ތަޢާލާ ބަޔާން ނުކޮށްދެއްވައިފި ނަމަ މީސްތަކުންނަށް އެކަމުގެ އޮންނަން ޖެހޭ ގޮތެއްވެސް ނޭނގޭނެ ނޫންތޯއެވެ! އެހިނދުން އޭގެފަހުން އަންނަ އެންމެހާ މީސްތަކުންނަށް އެފަދަ ޙާލަތެއް ދިމާވެއްޖެ ނަމަ އެމީހުންނަށްވެސް ކަންކުރެވޭނީ ގޯސްކޮށެވެ. އަދި ޤިޔާމަތާ ޖެހެންދެން ވެސް އެކަން އެގޮތުގެ މަތިން ދެމިގެންދާނެއެވެ.

 

މަތީގައި އެވާ ތިން ޙާދީޘާއިން ވެސް ހަޤީޤަތުގައި ދަލީލު ލިބިގެން ދަނީ ސުންނަތަށް އިންކާރު ކުރާ މީހުންނާ ދެކޮޅަށްކަން މިބަޔާންކޮށްލި މަދު މިންވަރުން ވެސް ބުއްދީގައި އަހުލުވެރިންނަށް ދޭހަވާނެއެވެ. އެހެނީ، ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތާ ދެކޮޅަށް ވާހަކަ ދައްކަން އެމީހުން ދަލީލު ނަގާފައި އެވަނީ ސުންނަތުގެ ޙަޤީޤަތްވެސް ފުރަތަމަ ނޭނގި ތިބެކަން އެވަނީ ހާމަވެފައެވެ. ސުންނަތަކީ ކޮބައިކަމާއި އޭގެ ބާވަތްތަކާއި އެއިން ދީނީ ގޮތުން ޙުކުމް ކަނޑައެޅޭނީ ކޮންކޮން ބާވަތްތަކަކުންކަމާއި އޭގެ ހަމަތައް ވެސް އެއްވެސް ވަރަކަށް ނޭގި ތިބެއެވެ.

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 6