[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 3

وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيّاً وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيراً   (النساء75)

އަދި، އިބައިލާހުގެ ޙަޟްރަތުން ވާގިވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ! އަދި، އިބައިލާހުގެ ޙަޟްރަތުން ނަޞްރުވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ!

 رَبَّنَا آمَنَّا فَاكْتُبْنَا مَعَ الشَّاهِدِينَ  ( المائدة 83)

އަޅަމެންގެ ރައްބު! އަޅަމެން އީމާންވެއްޖައީމުއެވެ. ފަހެ، (މިކަމަށް) ހެކިދޭނޭ މީހުންގެ ތެރެއިން އަޅަމެން ލައްވާނދޭވެ!

إِنْ تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ وَإِنْ تَغْفِرْ لَهُمْ فَإِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ ( المائدة 118)

އެއުރެންނަށް، އިބައިލާހު ޢަޛާބު ދެއްވިނަމަވެސް، ފަހެ، ހަމަކަށަވަރުން، އެއުރެންނީ، އިބައިލާހުގެ އަޅުންނެވެ. އަދި އެއުރެންނަށް އިބައިލާހު ފާފަފުއްސަވާނަމަ، ފަހެ، ހަމަކަށަވަރުން، އިބައިލާހީ، ޢަޒީޒްވަންތަ ޙަކީމްވަންތަ އިލާހެވެ.

 إِنِّي وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَاوَاتِ وَالْأَرْضَ حَنِيفًا وَمَا أَنَا مِنَ الْمُشْرِكِينَ ( الأنعام 79)

ހަމަކަށަވަރުން އުޑުތަކާއި ބިން ނެތުމުގެ ތެރެއިން ހެއްދެވި ފަރާތަށް އަހުރެން އަހުރެންގެ މޫނު ކުރިމަތިކޮށްފީމެވެ. އެއީ އިޚްލާޞްތެރިވެގެންވާ ޙާލު ތައުޙީދަށް ސީދާވެގެންނެވެ. އަދި އަހަރެން ޝިރުކުކުރާ މީހުންގެ ތެރެއިން ނުވަމެވެ.

 قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ ( الأنعام 162)

ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުން ޚާއްޞަވެގެންވަނީ ޢާލަމްތަކުގެ ރައްބަށެވެ.

 لَا شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ  ( الأنعام 163)

އެއިލާހަށް އެއްވެސް ޝަރީކަކު ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރު ވެވިގެންވަނީ އެގޮތަށެވެ. އަދި ތިމަންކަލޭގެފާނީ (މި އުއްމަތުގެ) މުސްލިމުންކުރެ، އެންމެ ފުރަތަމަ މީހާއެވެ.

 رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ     (الأعراف23)

އަޅަމެންގެ ރައްބު! އަޅަމެންގެ އަމިއްލަ ނަފްސުތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބައިލާހު ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙްމަތް ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.

 الْحَمْدُ لِلَّهِ الَّذِي هَدَانَا لِهَذَا وَمَا كُنَّا لِنَهْتَدِيَ لَوْلَا أَنْ هَدَانَا اللَّهُ (الأعراف43)

ޙަމްދު ހުރީ ތިމަންމެންނަށް މިކަމަށް ތެދުމަގު ދެއްކެވި ﷲ އަށެވެ. އަދި ﷲ ތިމަންމެންނަށް މި ސީދާމަގު ނުދެއްކެވި ނަމަ އެކަމަށް ތެދުމަގު ލިބޭނެ ބައެއްކަމުގައި އަޅަމެން ނުވެއެވެ.

 رَبَّنَا لاَ تَجْعَلْنَا مَعَ الْقَوْمِ الظَّالِمِينَ  (الأعراف47)

އަޅަމެންގެ ރައްބު! އަނިޔާވެރިވީ މީހުންނާ އެކުގައި އަޅަމެން ނުލައްވާނދޭވެ!

 رَبَّنَا افْتَحْ بَيْنَنَا وَبَيْنَ قَوْمِنَا بِالْحَقِّ وَأَنْتَ خَيْرُ الْفَاتِحِينَ  (الأعراف89)

އަޅަމެންގެ ރައްބު! އަޅަމެންނާއި، އަޅަމެންގެ ޤައުމުގެމީހުންނާ ދެމެދު، ޙައްޤުގޮތުގައި ޙުކުމްކުރައްވާނދޭވެ! އިބައިލާހީ  ޙުކުމްކުރައްވާ އެންމެހެޔޮ އިލާހެވެ.

 رَبَّنَا أَفْرِغْ عَلَيْنَا صَبْراً وَتَوَفَّنَا مُسْلِمِينَ (الأعراف126)

އަޅަމެންގެ ރައްބު! އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ! އަދި މުސްލިމުން ކަމުގައި އަޅަމެން މަރުގަންނަވާނދޭވެ!

 رَبِّ اغْفِرْ لِي وَلِأَخِي وَأَدْخِلْنَا فِي رَحْمَتِكَ وَأَنْتَ أَرْحَمُ الرَّاحِمِينَ (الأعراف151)

އަޅުގެ ރައްބު! ތިމަންއަޅާއަށާއި، ތިމަންއަޅާގެ އަޚާއަށް ފާފަފުއްސަވާނދޭވެ! އަދި އިބައިލާހުގެ ރަޙްމަތުގެ ތެރެޔަށް އަޅަމެން ވައްދަވައިފާނދޭވެ! އިބައިލާހީ ރަޙުމްކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަޙްމަތްވަންތަ އިލާހެވެ.

(ނުނިމޭ)

*************************************************

މި ސިލްސިލާގެ އެހެން ލިޔުންތައް

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 5

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 4

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 3

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 2

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 1