[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 1

إِنَّ الحَمْدَ للهِ نَحْمَدُهُ ونستعينُهُ ونستغفرُهُ ونعوذُ باللهِ من شُرُورِ أنفسنا ومن سيئاتِ أعمالِنا ، مَن يهدهِ اللهُ فلا مُضِلَّ له ، ومن يُضلل فلا هادي لهُ، وأشهدُ أنْ لا إله إلاَّ الله وحده لا شَريكَ لهُ، وأشهدُ أن محمَّداً عَبده ورسوله، صلى الله عليهِ وعلى آلهِ وصحبهِ أجمعين .

 ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ އަޅުތަކުންނާ ކުއްތަންވެވޮޑިގެންވާކަމަށާއި އެއިލާހުގެ ޙަޟްރަތުގައި ދުޢާ ދަންނަވާ އަޅުތަކުންގެ ދުޢާ އިޖާބަކުރައްވާނޭކަން ކީރިތި ޤުރުއާނުގައި ބަޔާންކުރައްވަމުން ވަޙީކުރެއްވިއެވެ.

وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ    [البقرة186]

ތިމަންއިލާހާމެދު ތިމަންއިލާހުގެ އަޅުތަކުން ކަލޭގެފާނާ ސުވާލު ކޮށްފިނަމަ ދަންނައެވެ! ހަމަކަށަވަރުން ތިމަންއިލާހު އެބައިމީހުންނާ ކުއްތަންވެވޮޑިގެންވަމެވެ. ތިމަންއިލާހުގެ ޙަޟުރަތުގައި ދުޢާ ދަންނަވާމީހާގެ ދުޢާ ތިމަންއިލާހު އިޖާބަ ކުރައްވާހުށީމެވެ. ފަހެ ތިމަންއިލާހު އަމުރުކުރެއްވި ކަންތައްތަކަށް އެބައިމީހުން އިޖާބަ ދޭހުށިކަމެވެ! އަދި އީމާންކަންމަތީ ދެމިތިބޭހުށިކަމެވެ! އެއީ އެބައިމީހުންނަށް ތެދުމަގު ލިބުމަށްޓަކައެވެ.

 ޝައްކެއްވެސް ނެތްގޮތުގައި އެންމެ މާތް އަދި އެންމެ މަތިވެރި ބަސްފުޅަކީ ﷲގެ ބަސްފުޅެވެ. އެއީ ކީރިތި ޤުރުއާނެވެ. އެއީ އެންމެ މަތިވެރިވެގެންވާ ޛިކުރެވެ. އެންމެ މަތިވެރިވެގެންވާ ދުޢާއެވެ. ﷲގެ ޙަޟްރަތުން ވާގިއެދެމުން މި ފަށައިގަންނަނީ ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް އެކުލަވާލުމުގެ މަސައްކަތެވެ. އެއިލާހު ތައުފީޤު ދެއްވާށި! އާމީން.

 اهْدِنَا الصِّرَاطَ الْمُسْتَقِيمَ [ الفاتحة 6]

ސީދާވެގެންވާ މަގަށް އަޅަމެންނަށް މަގުދައްކަވާދޭނވެ!

 رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ   [البقرة 127]

އަޅަމެންގެ ރައްބު! އަޅަމެންގެ ކިބައިން މިކަން ޤަބޫލުކުރައްވާދޭނވެ! ހަމަކަށަވަރުން އިބަ އިލާހީ މޮޅަށް އައްސަވާވޮޑިގެންވާ އަދި މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.

رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِنْ ذُرِّيَّتِنَا أُمَّةً مُسْلِمَةً لَكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ   [البقرة 128]

އަޅަމެންގެ ރައްބު! އަޅަމެންނީ އިބައިލާހަށް ބޯލަނބައި ކިޔަމަންގަންނަ ދެމީހުން ކަމުގައި ލައްވާދޭނވެ! އަދި އިބައިލާހަށް ކިޔަމަންތެރިވާ އުންމަތެއް، އަޅަމެންގެ ދަރިފަސްކޮޅުން ލައްވައިފާނދޭވެ! އަދި ޙައްޖުގެ މަނާސިކުތައް (އަޅުކަންކުރާނޭ ގޮތްތައް) އަޅަމެންނަށް ދައްކަވައިފާނދޭވެ!(އުނގަންނަވައިދެއްވާފާނދޭވެ!) އަދި އަޅަމެންގެ ތައުބާ ޤަބޫލުކުރައްވާދޭނވެ! ހަމަކަށަވަރުން އިބައިލާހީ ގިނަގިނައިން ތައުބާޤަބޫލުކުރައްވާ، އޯގާވަންތަ އިލާހެވެ.

 الَّذِينَ إِذَا أَصَابَتْهُمْ مُصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ  [البقرة 156]

އެބައިމީހުންނީ، މުޞީބަތެއް ކުރިމަތިވެއްޖެ ނަމަ ހަމަށަވަރުން ތިމަންމެންގެ ވެރި ފަރާތަކީ ﷲ އެވެ. އަދި ތިމަންމެން އެނބުރި ދާހުށީވެސް ހަމަ އެއިލާހުގެ ޙަޟްރަތަށެވެ.” މިފަދައިން ބުނާ މީހުންނެވެ.

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ  [ البقرة 201]

“އަޅަމެންގެ ރައްބު! އަޅަމެންނަށް ދުނިޔޭގައި ހެޔޮކަން ދެއްވައި އަދި އާޚިރަތުގައި ހެޔޮކަން ދެއްވާނދޭވެ! އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާދޭނވެ!

رَبَّنَا أَفْرِغْ عَلَيْنَا صَبْراً وَثَبِّتْ أَقْدَامَنَا وَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ     [البقرة250]

އަޅަމެންގެ ރައްބު! އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ! އަދި (ހަނގުރާމައިގެ މައިދާނުގައި) އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވާނދޭވެ! އަދި ކާފިރުންގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ!

رَبَّنَا لا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا رَبَّنَا وَلا تَحْمِلْ عَلَيْنَا إِصْراً كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا رَبَّنَا وَلا تُحَمِّلْنَا مَا لا طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنْتَ مَوْلانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ   [البقرة286 ]

އަޅަމެންގެ ރައްބު! އަޅަމެނަށް ހަނދާންނެތި ކުރެވޭ ކުށްތަކަށާއި ގަސްތަކާނުލައި ކުރެވޭ ކުށްތަކަށް ޢަޛާބެއް ނުދެއްވާނދޭވެ! އަޅަމެންގެ ރައްބު! އަޅަމެންނަށް ވުރެ ކުރީގެ މީހުންނަށް ބުރަ ޖެއްސެވި ފަދައިން އަޅަމެންނަށް ބުރައެއް ނުޖައްސަވާނދޭވެ! އަޅަމެންގެ ރައްބު! އަޅަމެންނަށް ކުޅަދާނަ ވެގެންނުވާފަދަ ކަމެއް ކުރުމުގެ ބުރަ އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި އަޅަމެންނަށް ޢަފޫކުރައްވައި، އަޅަމެންގެ ފާފަ ފުއްސަވާނދޭވެ! އަދި އަޅަމެންނަށް ރަޙްމަތްލައްވާނދޭވެ! އިބައިލާހީ އަޅަމެންގެ ކަންތައްތައް ބަލަހައްޓަވާ އެހީތެރިވެވޮޑިގެންވާ އިލާހެވެ، ފަހެ ކާފިރުންގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ!

މިއީ މި ސިލްސިލާގެ ފުރަތަމަ ބައެވެ. މި ބައިގައި މި ގެނެސްދިނީ ފާތިޙާ ސޫރަތާއި ބަޤަރާ ސޫރަތުގައި ވާރިދުވެފައިވާ ދުޢާތަކާއި އޭގެ މާނައެވެ.

(ނުނިމޭ)

********************************

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 5

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 4

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 3

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 2

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 1