[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ ތަޢާލާގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އަޅުގަނޑުމެން އަބަދުވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކޮށް، ފާފަތަކާއި ހަވާނަފްސާއި ދެކޮޅަށް އެއިލާހުގެ އެހީތެރިކަމާއި ރައްކަތެރިކަމަށް އެދެންވާނެއެވެ. އިބިލީސް ޤަދަރުވެރި މަޚްލޫޤެއްގެ ގޮތުގައިހުރުމަށްފަހު އެންމެ ނުބައި، ފާސިދު މަޚްލޫޤަށް ބަދަލުވިގޮތް ދެނެގަނެ އަޅުގަނޑުމެންވެސް އެފަދަ ނިމުމަކަށް ބިރުވެތިވާންވާނެއެވެ. އަދި ނަބިއްޔާ صلى الله عليه وسلم ދުޢާކުރެއްވިފަދައިން އަބަދުވެސް ﷲ ތަޢާލާއަށް ދުޢާކުރަންވާނެއެވެ. ނަބިއްޔާ ޙަދީޘްކުރެއްވިކަމަށް ޢަބްދުﷲ ބިން ޢަމްރު ބިން އަލްޢާޞް رضي الله عنهما ރިވާކުރައްވާފައިވެއެވެ.

(( إِنَّ قُلُوبَ بَنِى آدَمَ كُلَّهَا بَيْنَ إِصْبَعَيْنِ مِنْ أَصَابِعِ الرَّحْمَنِ كَقَلْبٍ وَاحِدٍ يُصَرِّفُهُ حَيْثُ يَشَاءُ )).

މާނައީ: “ހަމަކަށަވަރުން އާދަމުގެ ދަރީންގެ ހުރިހާ ހިތްތަކެއްވަނީ ﷲ ތަޢާލާގެ އިނގިލިފުޅުތަކުގެ ތެރެއިން ދެއިނގިލިފުޅުގެ ދެމެދުގައި، އެއް ހިތެއް ފަދައިންނެވެ. އެއިލާހު އިރާދަކުރެއްވި ގޮތަކަށް އެބަދަލުކުރައްވައެވެ.”

ދެން އެއަށްފަހު ޙަދީޘްކުރެއްވިއެވެ.

(( اللَّهُمَّ مُصَرِّفَ الْقُلُوبِ صَرِّفْ قُلُوبَنَا عَلَى طَاعَتِكَ )). [مسلم ٢٦٥٤]

މާނައީ: “އޭ ﷲ! ހިތްތައް ބަދަލުކުރައްވާ އިލާހު! އަޅަމެންގެ ހިތްތައް އިބައިލާހަށް ކިޔަމަންގަތުމަށް ބަދަލުކުރައްވާނދޭވެ.”

_________________________________

އަލްކިތާބް އެންޑް އައްސުންނާ ޕަބްލިޝިން އިން ޗާޕްކޮށްފައިވާ (އާދަމް: ފާދަރ އޮފް ހިއުމަނިޓީ – މުޙައްމަދު މުޞްޠަފާ އަލްޖިބާލީ)  އެފޮތުން ނަގާފައި