عَنْ عُثْمَانَ رَضِيَ الله عَنْهُ قَالَ : قَالَ رَسُوْلُ الله صَلَى الله عَلَيْهِ وَسَلَّمَ : (( خَيْرُكُمْ مَنْ تَعَلَّمَ القُرْآنَ، وَعَلَّمَهُ )). [رواه البخاري]
ޙަދީޘްގެ މާނަ :
ޢުޘްމާނު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
“ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ ކީރިތި ޤުރުއާން އުނގެނި، މީސްތަކުނަށް އެ ޤުރުއާން އުގަންނައިދޭ މީހާއެވެ.”
މިޙަދީޘް ރިވާކުރައްވާފައިވަނީ އިމާމް ބުޚާރީއެވެ.
މިޙަދީޘުން ލިބޭ ބައެއް ފައިދާ :
* ކީރިތި ޤުރުއާނާއި ދީނީ ޢިލްމަކީ އެހެން ހުރިހާ ޢިލްމުތަކަށްވުރެ މަތިވެރިކުރައްވާފައިވާ ޢިލްމެއްކަން މިޙަދީޘުން ދޭހަވެއެވެ.
* މީސްތަކުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ ޤުރުއާން އުނގެނި އެހެން މީހުނަށް ޤުރުއާން އުގަންނައިދޭ މީހާކަން މިޙަދީޘުން ހާމަވެއެވެ.