[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މާތްކަން – 9


qurange sooraii thakuge maaiikann

ޣާފިރު ސޫރަތާއި ދުޚާން ސޫރަތް

 

ޣާފިރުސޫރަތުގެ މާތްކަމާ ބެހޭގޮތުން އައިސްފައިވާ ބައެއް ޟަޢީފް (ބަލިކަށި) ރިވާޔަތެއް:

1. ((مَنَ قَرَأَ “الدخان” كلَّها وأَوَّلَ “حم غافر” إِلَى ﴿وَإِلَيْهِ الْمَصِيْر﴾ وَ”آية الكرسي” حِيْنَ يُمْسِيْ حُفِظَ بِهَا حَتَّى يُصْبِح وَمَنْ قَرَأَهَا حِيْنَ يُصْبِحُ حُفِظَ بِهَا حَتَّى يُمْسِي)) [((ضعيف)) ضعيف الترغيب والترهيب / 390]

މާނައީ: ” ހަވީރުވާހިނދު ދުޚާންސޫރަތާއި އަދި ޣާފިރު ސޫރަތްފެށިގެން ﴿وَإِلَيْهِ الْمَصِيْر﴾ އަށް ނިމޭ ހިސާބަށް، އަދި އާޔަތުލް ކުރުސި ކިޔަވައިފިމީހާ އޭގެ ސަބަބުން ހެނދުނުވެއްޖެއުމަށް ދާންދެން ރައްކާތެރި ކުރެއްވޭނެއެވެ.  އަދި ހެނދުނުވާހިނދު އެފަދައިން ކިޔަވައިފިނަމަ ހަވީރު ވެއްޖެއުމަށްދާންދެން ރައްކާތެރި ކުރެއްވޭނެއެވެ.”

ދުޚާންސޫރަތުގެ މާތްކަމާ ބެހޭގޮތުން އައިސްފައިވާ ބައެއް ޟަޢީފް (ބަލިކަށި) ރިވާޔަތްތައް:

1. ((مَنْ قَرَأَ سُورَةَ الدُّخَانِ فِيْ لَيْلَةِ الْجُمُعَةِ غُفِر لَهُ)) [((ضعيف جدا)) سلسلة الأحاديث الضعيفة / 4632]

މާނައީ: “ހުކުރުވިލޭރޭ ދުޚާންސޫރަތް ކިޔަވައިފިމީހަގެ ފާފަތައް ފުއްސެވޭހުއްޓެވެ.”

2. ((مَنْ قَرَأَ سُوْرَةَ الدُّخَانِ فِي لَيْلَةٍ أَصْبَحَ يَسْتَغْفِرُ لَهُ سَبْعُونَ أَلْفَ مَلَكٍ)) [((موضوع)) ضعيف الترغيب والترهيب / 978]

މާނައީ: “ރޭގަނޑެއްގައި ދުޚާންސޫރަތް ކިޔަވައިފިމީހާއަށް ފާފަފުއްސެވުންއެދި  [ދުޢާކުރުންމަތީ]، ހަތްދިހަހާސް މަލާއިކަތް ބޭކަލުން ހެނދުނު ކުރައްވައެވެ.”

3. ((مَنْ صَلَّى بِسُوْرَةِ الدُّخَانِ فِيْ لَيْلَةٍ بَاتَ يَسْتَغْفر لَهُ سَبْعُوْنَ أَلْفَ مَلَك)) [((ضعيف)) ضعيف الترغيب والترهيب / 448]

މާނައީ: “މީހަކު ރޭގަނޑު ނަމާދުގައި ދުޚާން ސޫރަތް ކިޔަވައިފި ކަމުގައިވަނީނަމަ، އޭނާގެ މައްޗަށް ފާފަފުއްސެވުންއެދި [ދުޢާ ކުރުމުގައި] ހަތްދިހަހާސް މަލާއިކަތުން ރޭ ހޭދަކުރައްވާނެއެވެ.”

4. ((مَنْ قَرَأَ “حم الدُّخَانَ” فِيْ لَيْلَة الْجُمعَةِ أَوْ يَوْم الْجُمعَة بَنَى اللهُ لَهُ بَيْتًا فِيْ الْجَنَّة)) [((ضعيف جدا)) ضعيف الترغيب والترهيب / 449]

މާނައީ: “ހުކުރު ވިލޭރޭގައި ނުވަތަ ހުކުރު ދުވަހު ދުޚާން ސޫރަތް ކިޔަވައިފި މީހާއަށް، ﷲ ތަޢާލާ އޭނާއަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެތެވެ.”

5. ((مَنْ قَرَأَ سُوْرَةَ “يس” فِيْ لَيْلَةٍ أَصْبَحَ مَغْفُوْرًا لَهُ وَمَنْ قَرَأَ “الدُّخَانَ” لَيْلَة الْجُمعَةِ أَصْبَحَ مَغْفُوْرًا لَهُ)) [((ضعيف)) ضعيف الترغيب والترهيب / 978]

މާނައީ: “ރޭގަނޑު ޔާސީން ސޫރަތް ކިޔަވައިފި މީހާ ހެނދުނު ކުރާހުށީ ފާފަތައް ފޮހެވިގެންވާ ޙާލުއެވެ. އަދި ހުކުރުވިލޭރޭ ދުޚާން ސޫރަތް ކިޔަވައިފިމީހާ ހެނދުނު ކުރާހުށީވެސް ފާފަތައް ފޮހެވިގެންވާ ޙާލުއެވެ.”

=ނުނިމޭ=

މި ލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ