[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފިރިހެނާގެ ފައިކުރި ތަނބިކަށްޓަށްވުރެ ތިރިކުރުން – 1

الحمد لله والصلاة والسلام على رسول الله  وعلى آله وصحبه أجمعين.

 

އިސްލާމްދީނަކީ ފުރިހަމަ ދީނެވެ. އެދީނުގައި މީސްތަކުން ދިރިއުޅުމުގައި ބޭނުންވާނޭ އެންމެހާ ކަންތައްތައް ހިމެނިފައިވެއެވެ. އެގޮތުން ހެދުން އެޅުމާ އަދި ޒީނަތްތެރިވެ އުޅުމުގެ ޙުކުމްތަކާއި އަދަބުތައްވެސް އިސްލާމްދީނުގައި ހިމެނިގެންވެއެވެ. މި ލިޔުމުގައި އަލިއަޅުވާލާނީ ފައިކުރި ތަނބިކަށްޓަށްވުރެ ތިރިކުރުމުގެ ޙުކުމާ ބެހޭގޮތުންނެވެ.

 

 

މިލިޔުމާ ގުޅުންހުރި ބައެއް އިޞްޠިލާޙުތައް

 

الإِسْبَالُ ގެ މާނަ:

އިސްބާލުކުރުމުގެ މާނައަކީ: ހިނގާފާ ދާއިރު ބިންމަތީގައި ހެދުން ޖެހޭނެފަދައިން މީހާގެ ހެދުން ދިގުކުރުމެވެ.

ބައްލަވާ: النهاية لإبن الأثير / ص: ٣٣٩/ مجلد: ٢/ طبعة: المكتبة الإسلامية

 

الإِزَارُ ގެ މާނަ:

އިޒާރުގެ މާނައަކީ: ހަށިގަނޑުގެ ތިރީކޮޅު ވަށާލެވޭ ފޭރާމެވެ.

ބައްލަވާ: المعجم الوسيط / ص: ١٦ / طبعة: مكتبة الشروق الدولية

 

 

ފިރިހެނާލާހެދުމުގެ ފައިކުރި ތަނބިކަށްޓަށްވުރެ ތިރިކުރުމަކީ ނަހީ ކުރެވިފައިވާ ކަމެއްކަމުގެ ބައެއް ދަލީލުތައް

 

ތަނބިކަށީގައި ޖެހޭވަރަށް ހެދުމުގެ ފައިކުރި ތިރިކޮށްފައި ހުރުމަކީ ބޮޑުފާފައެކެވެ. އަދި ކިއެއް ހެއްޔެވެ. އެއީ އޭގެ ޛާތުގައިވެސް ޙަރާމްކުރެވިފައިވާ ކަމެކެވެ. އެކަމާއެކު އެކަންކުރާމީހާގެ ހިތުގައި ބޮޑާވެރިކަންވާނަމަ އެކަމުގެ ފާފަ އިތުރަށް ބޮޑުވެގެންދެއެވެ.

 

1 ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

 ((مَا أَسْفَلَ مِنَ الْكَعْبَيْنِ مِنَ الإِزَارِ فَفِي النَّارِ)). [رواه البخاري/ كتاب: اللباس/ باب: ما أسفل من الكعبين…/ رقم: ٥٧٨٧]

މާނައީ: “އިޒާރުން ތަނބިކަށްޓަށްވުރެ ތިރިއަށް ވާބައި ވަނީ ފަހެ ނަރަކައިގައެވެ.”

 

2 ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

((مَنْ جَرَّ ثَوْبَهُ خُيَلاَءَ لَمْ يَنْظُرِ اللَّهُ إِلَيْهِ يَوْمَ الْقِيَامَةِ…)). [رواه البخاري/ كتاب: اللباس / باب: من جر إزاره من غير خيلاء / رقم: ٥٧٨٤ ]

މާނައީ: “ބޮޑާވެރިކަމާއެކު ހެދުންދަމައިފިމީހަކަށް ޤިޔާމަތްދުވަހު ﷲ ނުބައްލަވާނެއެވެ.”

 

3 ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުން އަބޫ ޛައްރު رضي الله عنه ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ: الْمَنَّانُ الَّذِى لاَ يُعْطِى شَيْئًا إِلاَّ مَنَّهُ وَالْمُنْفِقُ سِلْعَتَهُ بِالْحَلِفِ الْفَاجِرِ وَالْمُسْبِلُ إِزَارَهُ)). [رواه مسلم كتاب: الإيمان/ باب: بَيَانِ غِلَظِ تَحْرِيمِ إِسْبَالِ الإِزَارِ/ رقم: (١٨١)١۰٦]

މާނައީ: “ﷲ ތަޢާލާ ޤިޔާމަތް ދުވަހު ތިން މީހަކާ ބަސްވަޙީނުކުރައްވާނެއެވެ. އެއީ: ކަލަގޮވާމީހާއެވެ. އޭނާ އެއްޗެއް ދީފިނަމަ ކަލަ ގޮވާނެއެވެ. އަދި ދޮގުހުވާކޮށްގެން މުދާ ވިއްކާމީހާއެވެ. އަދި  އޭނާގެ އިޒާރު އިސްބާލުކުރާމީހާއެވެ.”

 

4 އަދި ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

((…لا يَنْظُرُ اللَّهُ إِلَى مَنْ جَرَّ إِزَارَهُ بَطَرًا)). [رواه ابن ماجه / كتاب: اللباس / باب: موضع الإزار…/ رقم: ٣٥٧٣ ، وصحح إسناده الألباني في المشكاة رقم: ٤٣٣١ ]

މާނައީ: “ކިބުރުވެރިކަމާއެކު އިޒާރުދަމާ މީހާއަށް ﷲ ތަޢާލާ ނުބައްލަވާނެއެވެ.”

 

-ނުނިމޭ-

 

މިލިޔުމުގެ އެހެން ބައިތައް ބައްލަވާ