[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފިރިހެނާގެ ފައިކުރި ތަނބިކަށްޓަށްވުރެ ތިރިކުރުން – 2

trousers

الحمد لله والصلاة والسلام على رسول الله  وعلى آله وصحبه أجمعين.

ފިރިހެނާގެ ފައިކުރި ތަނބިކަށްޓަށްވުރެ ތިރިކުރުމާބެހޭގޮތުން ބައެއްމީހުންނަށް އަރާފައިވާ އޮޅުންތަކެއް

1 ދެއްކުންތެރިކަމާ ބޮޑާކަމެއްހިތުގައި ނެތްނަމަ ފައިކުރި ދިގުކުރުމަކީ މައްސަލައެއްނޫން

ތަނބިކަށީގައި ޖެހޭވަރަށް ފިރިހެނާގެ ހެދުންތިރިކޮށްފައި ހުރުމަކީ ބޮޑުފާފައެކެވެ. އަދި އެކަން ޙަރާމްކުރެވިފައިވަނީ ހަމައެކަނި ބޮޑާވެރިކަމާއެކީ ކުރުމުންނެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެއީ އޭގެ ޛާތުގައިވެސް ޙަރާމްކަމެކެވެ. އަދި އެޢަމަލަކީވެސް ބޮޑާވެރިކަމުގެ ތެރެއިން ހިމެނޭކަމެކެވެ.

:

އަލްޙާފިޡް އިބްނު ޙަޖަރު رحمه الله ވިދާޅުވެފައިވެއެވެ.

“މިޙަދީޘްފުޅުތަކުގައިމިވަނީ ބޮޑާވެރިކަމާއެކު ހެދުމުގެ ފައިކުރި ތަނބިކަށްޓަށްވުރެ ތިރިކުރުމަކީ ބޮޑާވެރިކަމެއްކަމަށެވެ. ބޮޑާވެރިކަމެއްނެތި ފައިކުރިތިރިކުރުމާމެދު ދަންނައެވެ. ފަހެ ޙަދީޘްތަކުން ބޮޑަށް ބުރަވެވެނީ އެއީވެސް ޙަރާމްކަމެއްކަމަށެވެ…”[1]

އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ.

އިބްނުލްޢަރަބީ رحمه الله ވިދާޅުވިއެވެ:

ފިރިހެނާއަށް އޭނާލާހެދުން ތަނބިކަށިފަހަނައަޅާ ގެންދިޔުން ހުއްދަވެގެންނުވެއެވެ. އަދި ‘އަހަރެން އެ(ހެދުން) ދަމަނީ ބޮޑާވެރިކަމާއެކުއެއް ނޫން’ މިފަދައިންނެއްވެސް ނުބުނެވޭނެއެވެ. އެހެނީ ނަހީކުރެވިފައިވާ އެލަފްޡުގެ ތެރެއަށް އެކަންވެސް ވަދެގެންދެއެވެ. އަދި ނަހީގެ ލަފްޡުގެ ތެރެއަށް ޙުކުމުގެ ގޮތުން ވަދެއްޖެމީހާއަށް ‘ތިމަން އެހެން ނަހަދަމޭ، އެސަބަބެއް ތިމަންކިބައިގަ ނުވެޔޭ ބުނުން’ ހުއްދަވެގެންނުވެއެވެ. ފަހެ ހަމަކަށަވަރުން އެއީ އޭނާއާ އެކަމުގައި އެއްބަސްވެވޭނެ ދަޢުވާއެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އޭނާގެ ހެދުން ދިގުކުރުމަކީ އޭނާގެ ބޮޑާވެރިކަމަށް ދަލާލަތުކުރާކަމެކެވެ. ޝައިޚު[އިބްނުލްޢަރަބީގެ] ބަސްކޮޅު ޚުލާޞާގޮތެއްގައި ނިމުނީ.

މިކަމުގެ ޚުލާޞާއަކީ: އިސްބާލުކުރުމުން ހެދުންދެމުމަށް ލާޒިމުކުރެއެވެ. އަދި ހެދުން ދެމުމުން ބޮޑާވެރިކަން ލާޒިމުވެއެވެ. އެއީ އެހެދުންލީމީހާ ބޮޑާވެރިވުމަށް ޤަޞްދުނުކުރިނަމަވެސްއެވެ. އަދި އެކަމަށް ބާރުދެނީ އަޙްމަދު އިބްނު މަނީޢު އިބްނު ޢުމަރުގެ އަރިހުން އެހެން ގޮތަކުން ރިވާކުރައްވާފައިވާ ޙަދީޘްއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم އަށް ނިސްބައިކޮށްފައިވާ ޙަދީޘްއެއްގެ ބައެކެވެ.

((وَإِيَّاكَ وَجَرَّ الإِزَارِ فَإِنَّ جَرَّ الإِزَارِ مِنْ الْمَخِيلَةِ))

މާނައީ: “އިޒާރުދެމުމުން ތިބާ ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން އިޒާރުދެމުމަކީ ބޮޑާވެރިކަމުގެ ތެރެއިންވާކަމެކެވެ.”… [2]

_________________________________________

[1] فتح الباري لإبن حجر/ مجلد: ۱۰ / ص: ٢٦٣ / طبعة: المكتبة السلفية  .

[2] فتح الباري لإبن حجر/ مجلد: ۱۰ / ص: ٢٦٤ / طبعة: المكتبة السلفية  .

-ނުނިމޭ-

މިލިޔުމުގެ އެހެން ބައިތައް ބައްލަވާ