[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 2

އެއަށްފަހު ދަންނައެވެ:

ފަހެ ހަމަކަށަވަރުން އެއިލާހު ޚިޔާރުކުރެއްވި ޖަމާޢަތުގެ ތެރެއިންވުމަށް އެއިލާހު ބަޔަކު ހޮއްވެވިއެވެ. އަދި އެއިލާހަށް ކިޔަމަން ގަތުމުގައި ޘާބިތުވެ ތިބުމުގެ ހިދާޔަތު އެބައިމީހުންނަށް ދެއްވިއެވެ. އެއީ ޞާލިހު ބޭކަލުންގެ މަގަށް ތަބާވެ، ސުންނަތްތަކާއި އަޘަރުތަކަށް ތަބާވުމެވެ.

ފަހެ އެބައިމީހުންގެ ހިތްތައް އީމާންކަމުން ޒީނަތްތެރިކޮށްދެއްވިއެވެ. އަދި ދީނުގެ ކަންތައްތައް މީސްތަކުންނަށް ބަޔާންކޮށްދިނުމުގައި އެބައިމީހުންގެ ދޫތައް ޙަރަކާތްކުރުވިއެވެ. އަދި އެއިލާހުގެ ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތައް ތަބާވުމުގައިވެސްމެއެވެ. އެކަމަށްޓަކައި މެދުނުކެނޑި ސަވާރީތައް މަތީގައި ދަތުރުތައްކޮށް، އާއިލާތަކާއި އެކި ޙާޖާތްތައް ދޫކޮށްލެއްވިއެވެ. އެއީ ސުންނަތްތައް އެއްކުރުމުގައްޔާއި ހަވާނަފްސަށް ތަބާވީ މީހުންނާ ޚިލާފުވުމުގައެވެ. އަމިއްލަ ރައުޔުތައް ދޫކޮށް ދީނުގެ ހެޔޮ ވިސްނުން ލިބިވަޑައިގަތުމަށެވެ.

ފަހެ ޙަދީޘް ޙޯދުމަށްޓަކައި އެބައިމީހުން ހުސްވެވަޑައިގެން، އެހޯއްދުމަށް މަސައްކަތްކުރެއްވިއެވެ. އެކަމަށްޓަކައި ދަތުރުހައްދަވާ ވަޑައިގެން، އެލިޔުއްވިއެވެ. އަދި އެއާމެދު ސުވާލުކޮށް އެކަމުގައި ކުޅަދާނަކަން ދެއްކެވިއެވެ. އަދި ހަނދާނުގައި އެ ބެހެއްޓުމަށް މަސައްކަތްކުރައްވާ، އެފަތުރާލެއްވިއެވެ. އަދި އެކަން ރަނގަޅަށް އުނގެނިވަޑައިގެން، އެ ރަނގަޅަށް ޘާބިތުކުރެއްވިއެވެ. އަދި  އޭގެ މައްޗަށް ބިނާކުރައްވާ އޭގެން މީސްތަކުންނަށް ފޯރުކޮށްދެއްވިއެވެ. (مرسل) ޙަދީޘްއާ (متصل) ޙަދީޘް ބަޔާންކޮށްދެއްވިއެވެ.   އަދި (موقوف) އާއި (منفصل) ވެސްމެއެވެ. އަދި އޭގެ (ناسخ) އާއި (منسوخ) ވެސްމެއެވެ. އަދި (محكم) އާއި (مفسوخ) ވެސްމެއެވެ.

އަދި (مفسَّر)އާ މުޖުމަލުގެ ތަފާތެވެ. އަދި (المستعمَل) އާއި (مهمَل)ވެސްމެއެވެ. އަދި އޭގެ  (غريب) އާއި (مشهور) ވެސްމެއެވެ. ޢަދަލުވެރިމީހުންނާއި ޖަރަޙަކުރެވިފައިވާ މީހުންވެސް ވަކިކޮށްދެއްވިއެވެ. އަދި ބަލިކަށި ރާވީންނާއި އެބައެއްގެ ފުށުން ރިވާކުރުން ދޫކޮށްލެވިފައިވާ މީހުންވެސްމެއެވެ. އަދި ސަނަދުގައި ފޮރުވިފައިވާ މީހުން އޮޅުންފިލުވައިދެއްވިއެވެ. އަދި ބަދަލުކޮށް ފުރޮޅިފައިވާ، ބަސްބުނިފަރާތްނޫން އެހެން ފަރާތަކަށް ނިސްބަތްކުރެވި (تدليس) ކުރެވިފައިވާ ޙަދީޘްތައްވެސްމެއެވެ. އަދި އޮޅުން އަރާ ޙަދީޘްތައްވެސްމެއެވެ.

އެއީ މުސްލިމުންނަށްޓަކައި އިސްލާމްދީން، އެބައިމީހުންގެ ޛަރިއްޔާއިން، ﷲ ރައްކާތެރިކޮށްދެއްވައިފުމަށް ދާންދެނެވެ. އަދި ދީނަށް އެއްޗެހި ކިޔާމީހުންގެ ކިބައިން ހިމާޔަތްކުރެއްވިއެވެ. އަދި ޚިލާފުތަކުގައި އެބައިމީހުންނަކީ ހިދާޔަތައް ގޮވާލާ އިމާމުންތަކެއްކަމުގައި ލެއްވިއެވެ. އަދި އަލަށްދިމާވާ ކޮންމެ ކަމެއްގައި  އެއަނދިރިކަމުގެ ތެރެއިން އަލިކަންދޭ ބައްތިތަކެއްކަމުގައި ލެއްވިއެވެ. އެބޭކަލުންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. އަދި އިޚްތިޔާރުކުރެވިފައިވާ އަޅުތަކުންގެ އެކުވެރިންނެވެ. [1]

____________________________

[1] ބައްލަވާ: ޞަޙީޙް އިބްނު ޙިއްބާން (1/ 84)

މިލިޔުމުގެ އެހެނިހެން ބައިތައް