[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ޗަރުކޭސް (circus)

ސުވާލު: ބައެއް ނޫސް މަޖައްލާތަކުން ޚަބަރުފަތުރާފައިވާ ގޮތުން، ކުޅިވަރުކުޅުންތެރިންނާއި ފަންނާނުންގެ ތެރެއިން ބައެއް މީހުން އާދަޔާ ޚިލާފުކުޅަދާނަކަމެއް ލިބިފައިވާކަމަށް ދަޢުވާކުރެއެވެ. އެގޮތުން މޭގައިޖަހާ ގާ ފަދަތަކެތި ބިންދާލުމާއި، ތޫނު އެއްޗިއްސާއި މޮހޮރުތައްމަތީ ނިދުމާއި، ލޯތަކުން ދަގަނޑު ބަނޑިކުރުމާއި، އިނގިލިން ކާރުތައް ދެމުމާއި އަދި މިނޫނަސް މީސްތަކުން ހައިރާންކުރުވަނިވި ޙަރަކާތްތަކެވެ.

މި ޢަމަލުތަކާއި މިޢަމަލުކުރާމީހުންގެ ޝަރުޢީ ޙުކުމަކީ ކޮބާ ހެއްޔެވެ؟ އަދި މިފަދަ ބަޔަކަށް މެހެމާނުދާރީ އަދާކޮށް، މިފަދަ ކަންތައްތައް ބެލުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟

ޖަވާބު: ހަމަކަށަވަރުން ތަންދޮރުނުފިލާ ބައެއް މީހުން ކުރާކަންތައްތަކުގެ ތެރޭގައި މޭގައިޖަހާ ގާ ފަދަތަކެތި ބިންދާލުމާއި، ތޫނު އެއްޗިއްސާއި މޮހޮރުތައްމަތީ ނިދުމާއި، ލޯތަކުން ދަގަނޑު ބަނޑިކުރުމާއި، އިސްތަށިގަނޑުން ނުވަތަ ދަތުން ކާރުތައް ދެމުމާއި، ބިއްލޫރިއާއި ރޭޒަރުތިލަ ކެއުމާއި… އަދި މިނޫނަސް އިންސާނުންނަށް ކުރަން އުނދަގޫ، އާދަޔަޚިލާފު ކަންތައްތަކުރުން ބެލެވޭނީ ދޮގުވެރިކަމާއި ސިޙުރު ހާހޫރަ ހެދުމުގެ ތެރެއިންނެއެވެ. އެއީ ފިރުޢައުނުގެ ސިޙުރުވެރިން ކުރި ފަދަ ޢަމަލުތަކެކެވެ.

އަޢުރާފުސޫރަތުގައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿قَالَ أَلْقُوا ۖ فَلَمَّا أَلْقَوْا سَحَرُوا أَعْيُنَ النَّاسِ وَاسْتَرْهَبُوهُمْ وَجَاءُوا بِسِحْرٍ عَظِيمٍ ﴾ [سورة الأعراف١١٦]

މާނައީ: “އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެއްލާށެވެ. ދެންފަހެ އެއުރެން އެއްލިހިނދު މީސްތަކުންގެ ލޯތަކަށް ޖާދޫދައްކާ އެއުރެން ބިރުގެންނެވިއެވެ. އަދި ބޮޑުވެގެންވާ ޖާދޫއެއް އެމީހުން ގެނައެވެ.”

އަދި ޠާޙާ ސޫރަތުގައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿… فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِن سِحْرِهِمْ أَنَّهَا تَسْعَىٰ﴾ [سورة طه٦٦]

މާނައީ: “…ފަހެ (އެއުރެން އެއްލިހިނދު) އެހާރުން އެއުރެންގެ ވާބުރިތަކާއި އަސާތައް އެއުރެންގެ ޖާދޫގެ ސަބަބުން ދުވާހެން އެކަލޭގެފާނަށް ހީފުޅުވިއެވެ.”

މިކަންތައްތަކަށް ބިނާކޮށް ދަންނަވާލަން އޮތީ، މިޢަމަލުތައްކުރުމަކީ ހުއްދަކަމެއް ނޫންކަމަށެވެ. އަދި މިކަން އުނގެނުމާއި ފެތުރުމާއި މިކަމަށް ހިތްވަރުދިނުންވެސްމެއެވެ. ވާޖިބުވެގެންވަނީ މިފަދަކަންކަމާއި ދެކޮޅަށް މަސައްކަތްކޮށް، ކަމާބެހޭ އިދާރާތްތަކަށް މިކަމުގެ ޚަބަރުފޯރުކޮށްދީ މިފަދަޢަމަލުތައް ކުރާމީހުން ޖެހިލުންވާނެފަދަ ޢުޤޫބާތްދީ، މިމީހުންގެ ނުބައިކަމުން މީސްތަކުން ސަލާމަތްކުރުމެވެ. ފަހެ މިބައިމީހުންގެ މިކުޅިވަރުތަކާއި ޢަމަލުތަކަކީ ދޮގުވެރިކަމާއި ހާހޫރައާއި ކުޅިމަޖަލާއި މީސްތަކުން މޮޔަ ހެއްދުމާއި ޢަޤީދާ ފަސާދަކުރުމާއި މީސްތަކުންގެ މުދާތައް ނަހަމަގޮތުގައި ކެއުމެވެ. މިއީ ވަންހަނާވެގެން ވާނޭ ކަންތައްތަކެއް ނޫނެވެ.

 

وبالله التوفيق، وصلى الله على نبينا محمد وآله وصحبه وسلم.

ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީ

عبدالعزيزبنعبداللهبنباز

عبدالعزيزآلالشيخ

عبداللهبنغديان

صالحالفوزان

بكرأبوزيد

މިފަތުވާގެ އަޞްލު: ޢަރަބި ބަހުން ، އިނގިރޭސި ބަހުން