ސުންނަތަށް ތަބަޢަވުން -رحمه الله-
ميمون بن مهرانގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. أحمد بن حنبلތިމަންކަލޭގެފާނަށްވިދާޅުވިއެވެ.
“ޝާފިޢީގެފާނުގެ ފޮތްތައް ކަލޭގެފާނު ނުބައްލަވަނީ ކީއްވެ ހެއްޔެވެ؟ ޝާފިޢީގެފާނަށްވުރެ ސުންނަތައް ތަބަޢަވާހާލު ފޮތް ލިޔުއްވާ އެއްވެސް ބޭކަލަކު ނުވެއެވެ.”[1]
أبو جعفر الترمذيގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“ރައުޔު ބަޔާންކޮށް ފޮތްތަކެއް ލިޔުއްވުމަށް ތިމަންކަލޭގެފާނު ބޭނުންފުޅުވިއެވެ. ފަހެ ތިމަންކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ ހުވަފެނުގައި ދުށީމެވެ. ފަހެ ތިމަންކަލޭގެފާނު ދަންނަވައިފީމެވެ. އޭﷲގެ ރަސޫލާއެވެ. ފަހެ ތިމަންކަލޭގެފާނު ޝާފިޢިގެފާނުގެ ރައުޔު ބަޔާންކޮށް ފޮތެއް ލިޔުއްވާނަމެވެ. ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން އެއީ އެކަލޭގެފާނުގެ އަމިއްލަފުޅު ރައުޔެއް ނޫނެވެ. އެއީ ތިމަންކަލޭގެފާނުގެ ސުންނަތާއި ޚިލާފުވާ މީހުންނަށްވާ ރައްދެވެ.”[2]
أحمد بن حنبلގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“ތިމަންބޭކަލުން نعيم بن حمادގެ އަރިހަށް ދިޔައީމެވެ. ދެން އެކަލޭގެފާނު ތިމަންބޭކަލުންނަށް المسند ކިޔެވުމަށް ހިތްޖެއްސެވިއެވެ. ދެން ތިމަންބޭކަލުން ޝާފިޢީގެފާނުގެ އަރިހަށް ދިޔައީމެވެ. އެހިނދު ތިމަންބޭކަލުންގެ ތެރެއަށް އަލިވެގެންވާ ވޮށެއް ފާޅުވެގެންދިޔައެވެ.”[3]
الربيع ވިދާޅުވިއެވެ. ޝާފިޢީގެފާނު ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.
“ތިޔަބޭކަލުންނަށް ތިމަންކަލޭގެފާނުގެ ފޮތުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާ ޚިލާފުވެފައިވަނިކޮށް ފެނިއްޖެނަމަ ފަހެ، ތިޔަބައިމީހުން ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަގެ ބަސްފުޅު ވިދާޅުވާށެވެ. އަދި ތިމަންކަލޭގެފާނު އޭގައި ބުނެފައިވާ ބަސްތައް ދޫކޮށްލާށެވެ.”[4]
އަދިވެސް الربيعވިދާޅުވިއެވެ. ޝާފިޢީގެފާނު ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. އެކަލޭގެފާނުގެ އަރިހުގައި މީހަކު ދެންނެވިއެވެ.
“އޭ އަބޫ ޢަބްދުﷲ އެވެ. އަހަރެމެން މި ޙަދީޘް ނަގަންވީތޯއެވެ؟”
ދެންފަހެ އެކަލޭގެފާނު ވިދާޅުވިއެވެ.
“ތިމަންކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞައްޙަ ޙަދީޘެއް ރިވާކޮށްފައި އެޙަދީޘެއްގައި ނުހިފައިފިކަމުގައި ވާނަމަ، ތިމަންކަލޭގެފާނުގެ ބުއްދި ގޮއްސިކަމަށް ކަލޭމެން ހެކިކުރައްވަމެވެ.”. [5]
އަދިވެސް ޝާފިޢީގެފާނު ވިދާޅުވިއެވެ.
“ޙަދީޘް ޞައްޙަވެއްޖެކަމުގައިވާނަމަ އެއީ ތިމަންކަލޭގެފާނުގެ މަޛްހަބެވެ.”
އަދިވެސް ވިދާޅުވިއެވެ.
“ޙަދީޘް ޞައްޙަ ވެއްޖެކަމުގައިވާނަމަ ތިމަންކަލޭގެފާނުގެ ބަސްފުޅު ފާރުބުޑައް ޖަހާށެވެ.”[6]
___________________________________________
[1] حلية الأولياء (9/100)
[2] حلية الأولياء (9/100)
[3] السابق (9/101)
[4] تاريخ الإسلامية للإمام الذهبي (321) وفيات (201-210)
[5] تاريخ الإسلامية للإمام الذهبي (321) وفيات (201-210)
[6] تاريخ الإسلامية للإمام الذهبي (321) وفيات (201-210)