[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 3

womens rights

މިލިޔުމުގައި އަޅުގަނޑު ހާމަކުރަން ޤަޞްދުކުރަނީ މިއަދު އިސްލާމީ ބައެއް މުޖުތަމަޢުތަކުގައި ކާފިރުން، އެމީހުންގެ އަމިއްލަ ބޭނުންތަކެއް ޙާޞިލުކޮށް، މުސްލިމުންގެ ހިތްތަކުގައި އެމީހުންގެ ދީނާމެދު ނަފުރަތު އުފެއްދުމަށްޓަކައި އަންހެނުންނަށް އަމާޒުކޮށްގެން ދައްކަމުންދާ ބައެއް ވާހަކަތަކުގެ މައިގަނޑު ނުކުތާތަކާ އޭގެ ޙަޤީޤަތެވެ. އެގޮތުން:

ރޫޙާނީ ޙައްޤުތައް

ބައެއް ޙަޟާރާތްތަކުން އަންހެނުންނީ ޝައިޠާނުން ކަމުގައި ބަލާ، އެމީހުންނަށް ވަރަށް ވޭންދެނިވި ޢަޛާބު ދެމުން ގެންދިޔައެވެ. އެއީ މީސްތަކުންނަށް މިބިމަށް އަންނަން ޖެހުނީ ނުވަތަ ޢަޛާބު ލިބެން ޖެހުނު ސަބަބަކީ ޙައްވާގެފާނުގެ ސަބަބުން ކަމުުގައި އެބައިމީހުން ބުނާބުނުމަށް ބަރޯސާވެއެވެ.

މިސާލަކަށް ކުރިސްޓިއަނުން އެމީހުންގެ ބައިބަލްގައި ސުވަރުގެއިން އާދަމް ޢަލައިހިއްސަލާމް އާއި ޙައްވާ ޢަލައިހައްސަލާމް މިދުނިޔެއަށް ފޮނުވުމަށް މެދުވެރި ކުރުވި ކުށް ކުރެވުނީ ޙައްވާގެފާނުގެ ސަބަބުން ކަމުގައި އެމީހުން ބުނެތެވެ. އެފަދައިން އެކަމުގެ ޒިންމާ ޙައްވާގެފާނުގެ ބޮލުގައި އަޅުވައެވެ. ނަމަވެސް މިކަމަށް ބާރުލިބޭނެ އެއްވެސް ދަލީލެއް އިސްލާމްދީނުން ފެންނާކަށް ނެތެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަމުގެ ޒިންމާ ހަމައެކަނި ޙައްވާ ޢަލައިހައްސާލާމްގެ އިސްތަށިފުޅުގައި އަޅުއްވާފައެއް ނެތެވެ. ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.

فَأَكَلَا مِنْهَا فَبَدَتْ لَهُمَا سَوْآتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ الْجَنَّةِ ۚ وَعَصَىٰ آدَمُ رَبَّهُ فَغَوَىٰ  [سورة طه]

މާނައީ: “ފަހެ އެ ދެކަނބަލުން އެ ގަހުން ފަރިއްކުޅުއްވިއެވެ. ދެން އެ ދެކަނބަލުންގެ ޢައުރަ، އެ ދެކަނބަލުންނަށް ފާޅުވިއެވެ. އަދި ސުވަރުގޭގެ ފަތްތަކުން ޢައުރަ ނިވާކުރައްވަން ފެއްޓެވިއެވެ. އަދި އާދަމްގެފާނު އެކަލޭގެފާނުގެ ވެރިރައްބަށް އުރެދިވަޑައިގަތެވެ. ފަހެ، އެކަލޭގެފާނުގެ (މަޤުޞަދު ޙާޞިލުނުވެ) މަގުގެއްލުނެވެ.”

މިއާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ މިވަނީ އާދަމް ޢަލައިހިއްސަލާމްގެ ނަން އެކަމުގައި ޛިކުރުކުރައްވާފައެވެ. ނަމަވެސް ޙައްވާ ޢަލައިހައްސަލާމްގެ ނަން އެކަމަށް އަރައިގަތުމުގައި ޛިކުރުނުކުރައްވަތެވެ. އަދި އެދެބޭކަލުން ވަނީ ﷲ އަށް ތައުބާވެ ރުޖޫޢަވެފައެވެ. އަދި ﷲ ވަނީ އެދެބޭކަލުންނަށް ތައުބާ ލައްވައި، ޢަފޫކުރައްވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

فَتَلَقَّىٰ آدَمُ مِن رَّبِّهِ كَلِمَاتٍ فَتَابَ عَلَيْهِ ۚ إِنَّهُ هُوَ التَّوَّابُ الرَّحِيمُ   [سورة البقرة]

މާނައީ: “ފަހެ އާދަމުގެފާނު، އެކަލޭގެފާނުގެ ވެރިރައްބުގެ ޙަޟުރަތުން ކަލިމުފުޅުތަކެއް ބާވައިގަންނަވާ (އެކަލިމަފުޅުތައް ވިދާޅުވެ، ތައުބާވެވަޑައިގަތުމުން) ފަހެ، އެކަލާނގެ އެކަލޭގެފާނުގެ މައްޗަށް ތައުބާލައްވައިފިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމުވަންތަ އިލާހެވެ.”

= ނުނިމޭ =

_________________________

މިލިޔުމުގެ އެހެނިހެން ބައިތައް