[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކަހްފު ސޫރަތުގެ ތަރުޖަމާ 35-38

kahf pic

وَدَخَلَ جَنَّتَهُ وَهُوَ ظَالِمٌ لِّنَفْسِهِ قَالَ مَا أَظُنُّ أَن تَبِيدَ هَـٰذِهِ أَبَدًا ﴿٣٥﴾

އަދި އޭނާގެ އަމިއްލަ ނަފްސަށް އަނިޔާވެރިވެގެންވާ ޙާލު، އޭނާގެ ބަގީޗާއަށް ވަދެ ބުންޏެވެ: “ދުވަހަކުވެސް މިތަކެތި ހަލާކުވެ ފަނާވެދާނެކަމަށް އަހުރެން ހީއެއް [1] ނުކުރަމެވެ.

 وَمَا أَظُنُّ السَّاعَةَ قَائِمَةً وَلَئِن رُّ‌دِدتُّ إِلَىٰ رَ‌بِّي لَأَجِدَنَّ خَيْرً‌ا مِّنْهَا مُنقَلَبًا ﴿٣٦﴾

އަދި ޤިޔާމަތް ވާނޭ ކަމަކަށްވެސް އަހުރެން ހީއެއް ނުކުރަމެވެ. އަދި އަހުރެންގެ ރައްބުގެ ޙަޟްރަތަށް އަހުރެން އަނބުރާ ގެންދެވުނަސް މިއަށްވުރެ ރަނގަޅުގޮތް ، އަހުރެންނަށް ފެންނާނެކަން ކަށަވަރެވެ.

 قَالَ لَهُ صَاحِبُهُ وَهُوَ يُحَاوِرُ‌هُ أَكَفَرْ‌تَ بِالَّذِي خَلَقَكَ مِن تُرَ‌ابٍ ثُمَّ مِن نُّطْفَةٍ ثُمَّ سَوَّاكَ رَ‌جُلًا ﴿٣٧﴾

(ޖަވާބުގައި) އޭނާގެ އެކުވެރިޔާ އޭނާއާ ވާހަކަދައްކަމުން އޭނާއަށް ބުންޏެވެ: “ވެލިން ކަލޭ ހައްދަވައި (އެބަހީ: ކަލޭގެ ބައްޕަ ކަމުގައިވާ އާދަމްގެފާނު ހައްދަވައި) ދެން އެއަށްފަހު މަނިފޮދަކުން ކަލޭ ހައްދަވައި ދެން އެއަށްފަހު ފުރިހަމަ ފިރިހެނަކަށް ކަލޭ ހެއްދެވި ރަސްކަލާނގެއަށް ކަލޭ ކާފިރުވީ ހެއްޔެވެ؟!!

 لَّـٰكِنَّا هُوَ اللَّـهُ رَ‌بِّي وَلَا أُشْرِ‌كُ بِرَ‌بِّي أَحَدًا ﴿٣٨﴾

އެހެނެއްކަމަކު، އެއީ اللّه އެވެ. އަހުރެންގެ ރައްބުއެވެ. އަދި އަހުރެންގެ ރައްބާ އެއްވެސް ފަރާތެއް އަހުރެން ޝަރީކެއް ނުކުރަމެވެ.

———

[1] – ނޯޓް: މިތަނުގައި “ހީއެއް” ބޭނުންކޮށްފައި އެވަނީ “ޤަބޫލެއް” ގެ މާނައިގައެވެ. (މިޘާލަކަށް:  ކަމެއް ވާނެކަމަށް ޤަބޫލު ނުކޮށް ހުއްޓައި އެކަމެއް ވުމުން ދިވެހިން ބުނާހެން : “މިކަން ވާނެކަމަށް އަހަރެން ހީވެސް ނުކުރަމެވެ” ).