الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ފިޤްހުގެ މާނަ
ފިޤްހުގެ ލުޣަވީ މާނަ: އެއީ ފުންކޮށް ވިސްނުމެވެ.
ފިޤްހުގެ އިޞްޠިލާޙީ މާނައަކީ: ކީރިތި ޤުރުއާނާއި ސުންނަތާއި ޢިލްމުވެރިންގެ އިޖްމާޢުއާއި އެބޭކަލުންގެ އިޖްތިހާދުން ނެރުއްވާފައިވާ ޝަރުޢީ މައްސަލަތަކާއި ޙުކުމްތައް ދެނެގަތުމެވެ.
ފިޤްހު ޢިލްމުގެ ފެށުން
މި މަތިވެރި ޢިލްމު ފެށިފައިވަނީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަޔާތްޕުޅުގައި، މީސްތަކުންނަށް ޝަރުޢީ ޙުކުމްތަށް ދެނެގަތުމުގެ މުހިއްމުކަން ބޮޑުވި ހިސާބުންނެވެ. އެއަށްފަހު ހުރިހާ ދުވަސްވަރެއްގައިވެސް މިޢިލްމުގެ ބޭނުން ހިފަމުން އައިސްފައި ވެއެވެ. ޙަޔާތުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމުގައްޔާއި އަދާކުރަންޖެހޭ ވާޖިބުތަކާއި، ދުރުހެލި ވެގަންނަންޖެހޭ ކަންތައްތައް ދެނެގަތުމުގައި، މިޢިލްމަކީ ނުހަނު މުހިއްމު ޢިލްމެކެވެ.
އިސްލާމީ ތާރީޚުގެ ހުރިހާ ދުވަސްވަރެއްގައިވެސް ފިޤްހު ޢިލްމުގައި މަޝްހޫރު ބޭބޭކަލުން އުޅުއްވިފަދައިން، ފިޤްހީ މަޒްހަބުތަކެއްވެސް މަޝްހޫރުވެފައި ވެއެވެ. މިގޮތުން ޙަނަފީ މަޒްހަބާއި، މާލިކީ މަޒްހަބާއި، ޝާފިޢީ މަޒްހަބާއި ހަންބަލީ މަޒްހަބަކީ ސުންނަތް ޖަމާއަތުގެ އެންމެ މަޝްހޫރު ހަތަރު މަޒްހަބެވެ.
ހަމަ އެފަދައިން، ޢާއިޝަތުގެފާނާއި، ޢަބްދުﷲ ބްނު ޢައްބާސްގެފާނާއި، ޢަބްދުﷲ ބްނު މަސްޢޫދުގެފާނާއި، މުޢާޒް ބްނު ޖަބަލްގެފާނަކީ ޞަހާބީންގެތެރެއިން ފިޤްހު ޢިލްމުގައި އަރާ ތިއްބެވި ބޭލަުންނެވެ. އަދި ސަޢީދުބްނުލް މުސައްޔަބު އާއި ޢުރުވާ ބްނުއްޒުބައިރު އަކީ ތާބިޢީ ބޭކަލުންގެ ތެރެއިން މަޝްހޫރު ޢިލްމުވެރި ބޭކަލުންނެވެ.
އެއަށްފަހު އައި އިޖްތިހާދު ކުރުމުގެ ރަންޒަމާނުގެ ގޮތުގައި މަޝްހޫރުވެގެން އައި ދުވަސްވަރު އެންމެބޮޑަށް ފާހަގަ ކޮއްލެވޭ ބޭކަލުންނަކީ ސުފްޔާނުބްނު ޢުޔައިނާ، އަނަސްބްނު މާލިކް، ޙަސަނުލް ބަޞަރީ، އަބޫ ޙަނީފާ، ސުފްޔާނުއް ޘައުރީ، އިމާމް ޝާފިޢީ، އަޙްމަދުބްނު ޙަންބަލް ފަދަ ބޭކަލުންނެވެ.
____________________________________
مصدر: الفقه الميسر