[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

كتاب الطهارة – ކިތާބުއްޠަހާރާ (2)

kithaabuttahaara

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ދަތް އުނގުޅުމާއި ފިޠުރަތުގެ ސުންނަތްތަކުގެ ވާހަކަ ނަންގަނެވުނު ބާބު

ދަތް އުނގުޅުމަކީ ނުވަތަ ސިވާކު ކުރުމަކީ ދަނޑިކޮޅެއް ނުވަތަ އެމާނައިގައިވާ އެއްޗެއް ބޭނުން ކޮށްގެން ދަތްތަކުގައި ނުވަތަ ހިރުގަނޑުގައި ހަރުލާފައި ހުންނަ ކާއެއްޗިއްސާއި އޭގެވަސް ފިލުވާލުމެވެ. ސިވާކު ކުރުމަކީ ހުރިހާ ވަގުތެއްގައިވެސް ކުރުން ސުންނަތް ވެގެންވާ ކަމެކެވެ.

ސިވާކު ކުރުމަށް ބާރުއެޅިގެންވާ ވަގުތުތައް:

  • ވުޟޫ ކުރާއިރު
  • ނިދިން ހޭލާ ވަގުތު
  • އަނގައިގެ ވަސް ތަޣައްޔަރުވާ ހިނދު
  • ޤުރުއާން ކިޔެވުމަށް ތައްޔާރުވާހިނދު
  • ނަމާދަށް ފަށައިގަތުމުގެ ކުރިން

ސިވާކު ކުރުމުގެ ބައެއް ފައިދާތަކުގެ ތެރޭގައި ﷲގެ ރުއްސެވުން ލިއްބައިދޭކަމަކަށްވުމާއި އަނގަ ތާޒާކޮށްދިނުން ހިމެނެއެވެ. ހަމައެހެންމެ އެއީ ދަތްތަކާއި ހިރުގަނޑު ވަރުގަދަ ކޮށްދޭ ކަމެއްވެސްމެއެވެ.

=ނުނިމޭ=

____________________________________

مصدر: الفقه الميسر

މިލިޔުމުގެ އެހެންބައިތައް