[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

كتاب الطهارة – ކިތާބުއްޠަހާރާ (3)

kithaabuttahaara

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

 

ފިޠުރަތުގެ ސުންނަތްތައް (خصال الفطرة):

ފިޠުރަތުގެ ސުންނަތްތައް ފަހެކެވެ. އެއީ:

  1. ކުރިމަތީފަރާތުގައި ފަޅާފައި ހުންނަ އިސްތަށި ބޭލުން
  2. ޚިތާނު ކުރުން
  3. މަތިމަސް ކުރުކުރުން
  4. ނިޔަފަތި ކެނޑުން
  5. ކިހިލިފަތުގައި ފަޅާފައި ހުންނަ އިސްތަށިތައް އުފުރުން

މީގެ އިތުރުން ދަތް އުނގުޅުމާއި، ނޭފަތަށް ފެންލުމާއި، އަނގަދޮވުމާއި، ދެއިނގިލި ދޭތެރެ (އަހުރު) ދޮވުމާއި އިސްތިންޖާ ކުރުމަކީވެސް ފިޠުރަތުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ. (ދިހަ ކަމެއް ވަނީ ފިޠުރަތުގެ ތެރެއިންނެވެ. އެއީ މަތިމަސް ކުރު ކުރުމާއި، ތުނބުޅި ދޫކޮއްލުމާއި، ދަތް އުނގުޅުމާއި، ނޭފަތަށް ފެންލުމާއި، ނިޔަފަތި ކެނޑުމާއި، ދެއިނގިލި ދޭތެރެ ދޮވުމާއި، ކިހިލިފަތުގައި ހުންނަ އިސްތަށިތައް އުފުރުމާއި، ކުރިމަތީފަރާތުގައި ހުންނަ އިސްތަށިތައް ބޭލުމާއި، އިސްތިންޖާ ކުރުމެވެ.) މިޙަދީޘްގެ ރާވީ މުޞްޢަބް ބިން ޝައިބާ ވިދާޅުވެފައިވަނީ ދިހަވަނަ ކަންތައް އެކަލޭގެފާނު ހަނދުމަފުޅު ނެތިއްޖެ ކަމަށެވެ. އެހެންނަމަވެސް އެކަމަކީ އަނގަޔަށް ފެންލުންކަމަށް ނޫނީ ނުވާނެކަމަށެވެ.

 

=ނުނިމޭ=

____________________________________

مصدر: الفقه الميسر

މިލިޔުމުގެ އެހެންބައިތައް