[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

كتاب الطهارة – ކިތާބުއްޠަހާރާ (6)

kithaabuttahaara

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ހިނައިގަތުމުގެ ވާހަކަ ނަންގަނެވުނު ބާބު:

ހިނައިގަތުމަކީ ޚާއްޞަ ސިފައަކާއި، ޚާއްޞަ ނިޔަތަކާއި އެކު މުޅިހަށިގަނޑުގައި ފެން ޖެއްސުމެވެ. ހިނައިގަތުން ވާޖިބުވާ ސަބަބުތައް:

  • މަނި ބޭރުވުން.
  • ޚިތާނު ކުރުމުން ޛަކަރުން ފާޅުވާ ހިސާބު، ފަރުޖަށް ވެއްދުން.
  • ކާފަރަކު އިސްލާމް ވުން.
  • ޙައިޟު ނުވަތަ ނިފާސްކަމުގެ ލޭކެނޑުން.
  • މަރުވުން.

 

ހިނައިގަންނާނެ ގޮތް:

ހިނައިގަތުމުގެ ދެގޮތެއް ވެއެވެ. އެއީ ހިނައިގަތުމުގެ ސުންނަތް ގޮތް ނުވަތަ ފުރިހަމަ ގޮތާއި ފުދޭ މިންވަރެވެ. ހިނައިގަތުމުގެ ސުންނަތްގޮތް ނުވަތަ ފުރިހަމަ ގޮތަކީ ދެއަތް ދޮވެ، ކުރިމަތިފަރާތް ދޮވުމަށްފަހު، ނަމާދަށް ވުޟޫކުރާފަދައިން ވުޟޫ ކޮށްގެން ބޮލުންފެށިގެން މުޅިހަށިގަނޑުގައި ފެންޖައްސައި ހިނައިގަތުމެވެ. ހިނައިގަތުމުގެ ފުދޭމިންވަރަކީ ނިޔަތާއިއެކު މުޅިހަށިގަނޑުގައި ފެން ޖައްސައިލުމެވެ. ޖުނުބުވެރިވެފައިވާ އަންހެނާ ހިނައިގަންނައިރު ބޮލުގެ އިސްތަށިގަނޑު މޮހެލުން ވާޖިބެއްނޫނެވެ. އެހެންނަމަވެސް ޙައިޟުވެރިޔާގެ ބޮލުގެ އިސްތަށިގަނޑު މޮހެލަން ޖެހޭނެއެވެ.

 

ސުންނަތް ހިނެއިން:

  • ޖިމާޢުވާ ކޮންމެފަހަރަކު ހިނައިގަތުން.
  • ހުކުރު ނަމާދަށް ހިނައިގަތުން.
  • ދެޢީދު ދެނަމާދަށް ހިނައިގަތުން.
  • ޙައްޖަށް ނުވަތަ ޢުމްރާއަށް އިޙްރާމް ބަނުމަށް ހިނައިގަތުން.
  • މައްޔިތާ ހިނެވުމަށްފަހު ހިނައިގަތުން.

 

ހިނެއިން ވާޖިބުވެފައިވާ މީހާ ކުރުން ހުއްދަވެގެންނުވާ ކަންތައްތައް:

  • މިސްކިތުގައި މަޑުކުރުން.
  • ކީރިތި ޤުރްއާނުގައި ބީހުން.
  • ކީރިތި ޤުރްއާން ކިޔެވުން.
  • ނަމާދު ކުރުން.
  • ޠަވާފު ކުރުން.

=ނުނިމޭ=

____________________________________

مصدر: الفقه الميسر

މިލިޔުމުގެ އެހެންބައިތައް