[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

كتاب الطهارة – ކިތާބުއްޠަހާރާ (7)

kithaabuttahaara

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ނަޖިހާއި، ނަޖިހުން ޠާހިރުވުމުގެ ވާހަކަ ނަންގަނެވުނު ބާބު:

ނަޖިސްކަމުގައި ބަޔާންވެ ދަލީލު އައިސްފައިވާ ތަކެތި:

  • އާދަމުގެ ދަރިޔާގެ ކުޑަކަމުދާ އެއްޗިއްސާއި، ބޮޑުކަމުދާ އެއްޗިއްސާއި، ހޮޑު: މީގެ ތެރެއިން ކިރު ނޫން އެހެން އެއްޗެއް ނުބޯ ކުޑަ ފިރިހެން ކުއްޖާގެ ކުޑަކަމުދާ އެއްޗިހި އިސްތިސްނާ ވެގެން ވެއެވެ. އެހެން ނަމަވެސް ކިރު ފިޔަވައި އެހެން އެއްޗެއް ކައިހަދާ ކުޑަ ފިރިހެން ކުއްޖާގެ ކުޑަކަމުދާ އެއްޗިއްސާއި، ކުޑަ އަންހެން ކުއްޖާގެ ކުޑަކަމުދާ އެއްޗިހި ވަނީ ބޮޑެތި މީހުންގެ ކުޑަކަމުދާ އެއްޗިއްސާއި އެއްޙުކުމެއްގައެވެ.
  • މަސްކެއުން ޙަލާލު ޖަނަވާރުން އޮހޮރިގެންދާ ލޭ:
  • މަސްކެއުން ޙަލާލު ނޫން ޖަނަވާރުތަކުގެ ކުޑަކަމުދާ އެއްޗިއްސާއި ބޮޑުކަމުދާ އެއްޗިހި:
  • ޝަރުޢީ ކަތިލުމަކުން ނޫންގޮތަކަށް މަރުވެފައިވާ ޖަނަވާރު: މީގެ ތެރެއިން ކަނޑުމަހާއި ގޮށްފުޅަނގި އިސްތިސްނާ ވެގެން ވެއެވެ.
  • މަޛްޔު:
  • ވަދްޔު:
  • ޙައިޟުގެ ލޭ:

 

ނަޖިހުން ޠާހިރު ވެގަންނާނެ ގޮތް:

  1. ބިމުގައި ނުވަތަ ތަނެއްގައި ނަޖިސް ހުރެއްޖެނަމަ ޠާހިރު ކުރާނެ ގޮތް: ފެންނަން ހުރި ނަޖިހުގެ އަސަރު ފިލައިގެން ދާވަރަށް ދޮވެލުމުން ފުދޭނެއެވެ. އެއީ އެންމެ ފަހަރަކު ފެން އަޅައިގެން ވިޔަސްމެއެވެ.
  2. ފޭރަމުގައި ނުވަތަ ގެންގުޅޭ ކަންވާރެއްގައި ނަޖިސް ހުރެއްޖެނަމަ: އެއީ ކުއްތާ ދޫލައިފައި ހުރި އެއްޗެއް ކަމުގައިވާނަމަ ހަތްފަހަރު ދޮންނަން ޖެހޭނެއެވެ. އަދި އޭގެތެރެއިން އެއްފަހަރު ވެލި ބޭނުން ކުރަން ޖެހޭނެއެވެ.

އޫރުގެ ނަޖިހަކީވެސް އެހެން ނަޖިސްތަކާއި އެއްޙުކުމެއްގައިވާ އެއްޗެކެވެ. އެއްފަހަރު ދޮވެގެން ވިޔަސް ފިލައިގެން ދާނަމަ އެއްފަހަރުން ފުދޭނެއެވެ.

=ނުނިމޭ=

____________________________________

مصدر: الفقه الميسر

މިލިޔުމުގެ އެހެންބައިތައް