[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

كتاب الصلاة (2)

kithab ah salaath

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ނަމާދުގެ ރުކުންތައް:

 • ކުޅަދާނަކަން ލިބިގެންވާމީހާ ފަރުޟު ނަމާދަށް ކޮޅަށް ހުރުން
 • ހަށަންބަން ތަކްބީރު ކިޔުން
 • ކޮންމެ ރަކްޢަތެއްގައި ސޫރަތުލް ފާތިޙާ ކިޔެވުން
 • ކޮންމެ ރަކްޢަތެއްގައި ރުކޫޢު ކުރުން
 • ރުކޫޢުއިން ތެދުވުން، އަދި އިޢުތިދާލުކުރުން
 • ސަޖިދަ ކުރުން
 • ސަޖިދައިން ތެދުވުން، އަދި ދެސަޖިދަ ދެމެދު އިނުން
 • ކޮންމެ ރުކުނެއްގައިވެސް ހަމަޖެހިލުން
 • ފަހު އައްތަޙިޔާތު
 • ފަހު އައްތަޙިއްޔާތުގައި އިނުން
 • ސަލާމް ދިނުން
 • މަތީގައި ބަޔާންވެދިޔަ ރުކުންތައް ތަރުތީބުން ކުރުން

 

ނަމާދުގެ ވާޖިބުތައް:

 • ތަކްބީރަތުލް އިޙްރާމް ފިޔަވައި އެހެން ތަކްބީރުތައް.
 • އިމާމްވެ ނަމާދުކުރާމީހާ އާއި މުންފަރިދު ’سمع الله لمن حمده‘ މިފަދައިން ކިޔުން.
 • މައުމޫމުވެ ނަމާދުކުރާމީހާ ’ربنا ولك الحمد‘ މިފަދައިން ކިޔުން
 • ރުކޫޢުގައި ’سبحان ربي العظيم‘ މިފަދައިން އެއްފަހަރު ކިޔުން
 • ސަޖިދައިގައި ’سبحان ربي الأعلى‘ މިފަދައިން އެއްފަހަރު ކިޔުން
 • ދެސަޖިދަ ދެމެދުގައި ’رب اغفرلي‘ މިފަދައިން ކިޔުން
 • ފުރަތަމަ އައްތަޙިއްޔާތު ކިޔުން
 • ފުރަތަމަ އައްތަޙިއްޔާތުގައި އިނުން

=ނުނިމޭ=

____________________________________

مصدر: الفقه الميسر

މިލިޔުމުގެ އެހެންބައިތައް