[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

كتاب الصلاة (6)

kithab ah salaath

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ކުށު ސަޖިދަ، ތިލާވަތުގެ ސަޖިދަ އަދި ޝުކުރުގެ ސަޖިދަ:

ކުށު ސަޖިދަ:

ކުށު ސަޖިދައަކީ ނަމާދުގައި އުނިވުމެއް، އިތުރުވުމެއް ނުވަތަ ޝައްކެއްވުމުގެ ސަބަބުން، ނަމާދުގެ ފަހުގައި ޖެހުމަށް މަޖްބޫރުވާ ސަޖިދައެވެ. ކުށު ސަޖިދައިގެ މަޝްރޫޢިއްޔަތާއިމެދު ޢިލްމުވެރިން ވަނީ އިޖްމާޢު ވެލައްވާފައެވެ. މިސަޖިދަ ޖަހަންޖެހޭ ސަބަބުތަކަކީ އިތުރުވުން، އުނިވުން އަދި ޝައްކުވުމެވެ.

ކުށު ސަޖިދަ ޖަހަންޖެހޭ ސަބަބުތަކަކީ ކޮބާ؟

  1. ނަމާދުގެ ޖިންސުގެ ތެރޭގެ ކަމެއް އިތުރު ކުރެވުން. މިސާލަކަށް: ރުކޫޢެއް، ސަޖިދައެއް، ޤިޔާމެއްފަދަ ކަމެއް އިތުރުވުން.
  2. ނަމާދު ފުރިހަމަވުމުގެ ކުރިން ސަލާމްދިނުން.
  3. ކިޔެވުމުގެތެރޭގައި މާނަ އޮޅޭފަދަ ކުށެއް ގަސްތަކާއިނުލައި ކުރެވުން.
  4. ނަމާދުގެ ވާޖިބެއް ދޫވުން.
  5. ނަމާދު ކުރުމުގެ ތެރޭގައި، ކުރެވުނު ރަކްޢަތުގެ އަދަދު ޝައްކުވުން.

ތިލާވަތުގެ ސަޖިދަ:

ސަޖިދަވަޅު އައިސްފައިވާ އާޔަތެއް ކިޔެވުމުން ނުވަތަ އަޑުއިވުމުން، ތިލާވަތުގެ ސަޖިދަ ކުރުން މަޝްރޫޢު ވެގެންވެއެވެ. މިސަޖިދައަކީ ސުންނަތެކެވެ.

ޝުކުރުގެ ސަޖިދަ:

ނިޢުމަތެއްލިބުމުން، ދަތިކަމަކުން ސަލާމަތް ވުމުން ނުވަތަ އުފާވެރި ޚަބަރެއް ލިބުމުން ﷲއަށް ސަޖިދަ ކުރުމަކީ ސުންނަތް ވެގެންވާ ކަމެކެވެ. މިސަޖިދަ ކުރާއިރު ޤިބްލައަށް ކުރިމަތިލުން ޝަރުޠު ވެގެން ނުވެއެވެ.

=ނުނިމޭ=

____________________________________

مصدر: الفقه الميسر

މިލިޔުމުގެ އެހެންބައިތައް