[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

كتاب الزكاة (2)

 

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ޒަކާތް ދިނުމަށް އިންކާރުކުރާމީހާގެ ޙުކުމް:

ޖާހިލުކަމުގެ ސަބަބުން (މިސާލަކަށް: އަލަށް އިސްލާމްވާ މީހާ، މީހުން އުޅޭ ހިސާބާއި އެކަހެރި ތަނެއްގައި އުޅޭ މީހާ) މިކަމަށް އިންކާރު ކޮއްފިނަމަ އޭނާއަށް ޒަކާތުގެ ވާޖިބުކަން ބަޔާންކޮށް ދޭނީ އެވެ. މިހާލަތުގައިވާމީހާގެ މައްޗަށް ކުފުރުގެ ޙުކުމް ނުކުރެވޭނެއެވެ. ސަބަބަކީ، އޭނާއަށް އުޒުރު އޮތީމައެވެ.

މުސްލިމުން ދިރިއުޅޭ މާހައުލެއްގައި އުޅެ ބޮޑުވެފައިވާ މުސްލިމަކު މިކަމަށް އިންކާރު ކޮއްފިނަމަ އެމީހާ މުރުތައްދުވާނެއެވެ. އަދި މުރުތައްދު ވެފައިވާ މީހެއްގެ މައްޗަށް އަންނަ ހުކުމްތައް އެމީހާއަށް އަންނާނެއެވެ. ތިންފަހަރު އެމީހާއަށް ތައުބާވުމަށް އެންގޭނެއެވެ. އަދި ތައުބާ ނުވެއްޖެނަމަ ޤަތުލި ކުރެވޭނެއެވެ.

ދަހިވެތިކަމުގެ ސަބަބުން ޒަކާތްދިނުމުން މަނާވެގަންނަމީހާގެ ޙުކުމް:

ދަހިވެތިކަމުގެ ސަބަބުން، ޒަކާތުގެ ވާޖިބުކަން ޤަބޫލުކުރާޙާލުގައި، މިކަމުން މަނާވެގަންނަމީހާއަށް އެއަރައިގަނެވުނީ ވަރަށް ބޮޑު ފާފައަކަށެވެ. އެހެންނަމަވެސް، އެމީހާ ދީނުން ބޭރު ނުވާނެއެވެ.

=ނުނިމޭ=

____________________________________

مصدر: الفقه الميسر

މިލިޔުމުގެ އެހެންބައިތައް