[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

كتاب الزكاة (6)

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ވިޔަފާރިމުދަލުގެ ޒަކާތް:

މިއީ ވިޔަފާރިކުރުމަށް ތައްޔާރު ކުރެވިފައިވާ މުދަލެވެ. އަދި މިއީ މުދަލުގެ ކޮންމެ ބާވަތަކަށް ވީނަމަވެސް ޒަކާތް ނެރެންޖެހޭނެއެވެ.

މިބާވަތުގެ މުދަލުން ޒަކާތްނެރުން ވާޖިބުވާ ޝަރުޠުތައް:

  • އަމިއްލަ މަސައްކަތުން ހޯދަފައިވާ އެއްޗަކަށްވުން.
  • ވިޔަފާރީގެ ބޭނުމުގައި ހޯދާފައިވާ އެއްޗަކަށްވުން.
  • އޭގެ އަގު ނިޞާބު ހަމަވާވަރުވުން.

މިޝަރުޠުތައް ހަމަވުމުން، އަހަރުވުމާއެކު ވިޔަފާރިމުދާ ހިސާބުކުރުމަށްފަހު ނިޞާބު ހަމަވާނަމަ %2.5، ޒަކާތުގެ ގޮތުގައި ނެރެންޖެހޭނެއެވެ. ހިސާބުކުރާއިރު އަގު ކުރަންޖެހޭނީ އެވަގުތު ބާޒާރުގައި އެމުދާހުރި އަގަށެވެ.

މޭވާއާއި ގޮވާމުގެ ބާވަތްތަކުގެ ޒަކާތް:

މޭވާގެ ބާވަތްތަކުން ޒަކާތްނެރެންޖެހެނީ ދޮންނުވިޔަސް، ކާން ހެޔޮވަރު ވުމުންނެވެ. ގޮވާމުގެ ބާވަތްތަކުން ޒަކާތް ނެރެންޖެހެނީ އެއެއްޗެއް ހަރުވުމުންނެވެ.

މޭވާއާއި ގޮވާމުގެ ބާވަތްތަކުން ޒަކާތްނެރުން ވާޖިބުވާ ޝަރުޠުތައް:

  • ނިޞާބު ހަމަވުން: މީގެ ނިޞާބަކީ 300 ޞާޢެވެ.
  • ޒަކާތް ވާޖިބުވާ ވަގުތު ނިޞާބު މިލްކުވެގެންވުން.

މޭވާއާއި ގޮވާމުގެ ބާވަތްތަކުން ޒަކާތްނެރެންޖެހޭ މިންވަރު:

އަމިއްލަ މަސައްކަތަކާނުލައި ފެންދެވިފައިވާ އެއްޗަކުންނަމަ ދިހަބައިކުޅައެއްބައެވެ. އަމިއްލަ މަސައްކަތުން ފެންދީފައިވާ އެއްޗެއްނަމަ ވިހިބައިކުޅައެއްބައެވެ.

ނަޢަމްސޫފީގެ ޒަކާތް:

ނަޢަމްސޫފީގެ ޒަކާތް ވާޖިބުވާ ބައެއް ޝަރުޠުތައް:

  • ނިޞާބު ހަމަވުން:
  • ޖަމަލުގެ ނިޞާބު: 5 ޖަމަލު
  • ގެރީގެ ނިސާބު: 30 ގެރި
  • ބަކަރީގެ ނިޞާބު: 40 ބަކަރި
  • އޭގެ ވެރިޔާގެ އަތުގައި ހުރެގެން ނިޞާބުހަމަވެ އެއްއަހަރު ފުރުން.

ބަކަރިން ޒަކާތް ނެރުން ވާޖިބުވާ މިންވަރު:

  • 40 ބަކަރިން ފެށިގެން 120 ބަކަރިއާހަމައަށް، އެއްބަކަރި.
  • 121 ބަކަރިން ފެށިގެން 200 ބަކަރިއާހަމައަށް، ދެބަކަރި.
  • 201 ބަކަރިން ފެށިގެން 300 ބަކަރިއާހަމައަށް، 3 ބަކަރި.
  • މިއަށްވުރެ އިތުރުވާ ކޮންމެ 100 ބަކަރިއަކުން އެއްބަކަރި.

=ނުނިމޭ=

____________________________________

مصدر: الفقه الميسر

މިލިޔުމުގެ އެހެންބައިތައް