[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٥ ( ف 1 ، د 9 – އަޅުކަމުގެ ބާވަތްތަކާއި އެއިންކަމެއް ﷲ ނޫން ފަރާތަކަށް އަދާކޮށްފިމީހާގެ ޙުކުމް )

 thauheedh 5

ﷲ ތަޢާލާ އަމުރުކުރައްވާފައިވާ އަޅުކަމުގެ ބާވަތްތަކަކީ، މިސާލަކަށް އިސްލާމްކަން، އީމާންކަން، އިޙްސާންކަން އޭގެތެރޭގައި ދުޢާކުރުމާއި، ބިރުގަތުމާއި،([1]) އުންމީދުކުރުމާއި، ވަކީލުކުރުމާއި، އުންމީދާއެކު އެދުމާއި،([2]) ރެކުމުގެބިރުގަތުމާއި،([3]) މަޑުމޮޅިވެމަޑުމައިތިރިވުމާއި،([4]) ބިރުވެތިވުމާއި،([5]) ތައުބާވުމާއި، ވާތްގަށްއެދުމާއި،([6]) ރައްކާތެރިކަމަށްއެދުމާއި،([7]) މަދަދަށްއެދުމާއި،([8]) ކަތިލުމާއި، ނަދުރުބުނުމާއި އަޅުކަމުގެ ބާވަތްތަކުގެ ތެރެއިން މިނޫންވެސް، މާތް ﷲ އަމުރު ކުރައްވފައިވާ އެންމެހާ ކަންތައްތަކެވެ. އެހުރިހާ ކަންކަމީވެސް ހަމައެކަނި ﷲ އަށްޓަކައި އަދާކުރެވޭ ކަންކަމެވެ. މީގެ ދަލީލަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ.

وَأَنَّ الْمَسَاجِدَ لِلَّـهِ فَلَا تَدْعُوا مَعَ اللَّـهِ أَحَدًا ([9])

މާނައީ: “ހަމަކަށަވަރުން މިސްކިތްތައްވަނީ ﷲ އަށެވެ. ފަހެ، ތިޔަބައިމީހުން ﷲއާއެކު އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާހުށިކަމެވެ”

މީގެތެރެއިން އެއްވެސްކަމެއް ﷲ ފިޔަވައި އެހެންފަރާތަކަށް އަދާކޮށްފި މީހަކީ މުޝްރިކެކެވެ. ކާފިރެކެވެ. މީގެ ދަލީލަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ.

وَمَن يَدْعُ مَعَ اللَّـهِ إِلَـٰهًا آخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِندَ رَبِّهِ ۚ إِنَّهُ لَا يُفْلِحُ الْكَافِرُونَ([10])

މާނައީ: “ﷲ އާއެކު އެހެން އިލާހަކަށް ދަންނަވާ މީހާއަށް، އެކަމުގެ މައްޗަށް އެއްވެސް ހެއްކެއް ނެތެވެ. ފަހެ، އެމީހާގެ ހިސާބު ބެއްލެވުން ހުރީ އޭނާގެ ރައްބުގެ ހަޟުރަތުގައެވެ. ހަމަކަށަވަރުން ކާފިރުން ކާމިޔާބު ނުވާހުއްޓެވެ.”

އަދި ޙަދީޘްގައިވެއެވެ.

((الدُّعَاءُ هُوَ العِبَادَة))([11])

“އަޅުކަމަކީ ދުޢާއެވެ.”

އަނެއް ދަލީލަކީ ﷲ ތަޢާލާގެ މި ބަސްފުޅެވެ.

وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ ([12])

މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރައްބު ވަޙީކުރެއްވިއެވެ .ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާ ކުރާށެވެ. ތިމަންއިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން ތިމަންއިލާހަށް އަޅުކަންކުރުމަށް ކިބުރުވެރިވެގަންނަމީހުން ނިކަމެތިވެގެންވާ ޙާލު، އެބައިމީހުން ނަރަކައަށް ވަންނާނެއެވެ.”

ފިލާވަޅުގެ އިރުޝާދުތައް

* މުސްލިމުންނަކީ ﷲއަށް އަޅުކަން ޚާލިޞުކުރާ ބައެކެވެ. އަޅުކަމުގެ ބައެއް ވައްތަރުތައް ﷲ ނޫން ފަރާތަކަށް އަދާކުރާމީހާ ދަންނައެވެ. ފަހެ އެއީ މުޝްރިކު ކާފިރެކެވެ.

* ދުޢާގައި އެކުލެވިގެންވަނީ:

– ﷲ މަތިވެރިކޮށް މާތްކޮށް ހިތުން

– ދުޢާކުރާ މީހާ ނިކަމެތިވެ މަޑުމޮޅިވުން

– ﷲ ގެ ޙަޟްރަތުން އުންމީދުކުރުމާއި އެދުން. އަޅުކަމަކީ ދުޢާކަމުގައި ރަސޫލާ  صلى الله عليه وسلم ބަޔާންކުރައްވާފައިވަނީ އެހެންވެއެވެ.

* ﷲ ނޫން ފަރާތަކަށް ދުޢާކޮށް އެއިލާހުގެ ޙަޟްރަތަށް ދުޢާކުރުމަށް ބޮޑާވެގެންވިފި މީހަކާ ބެހޭގޮތުން އެއިލާހު ވަޙީކުރައްވާފައިވަނީ:

– އެއީ ކާފިރެއްކަމުގައެވެ.

– އޭނާ ވަންނާނޭ ތަނަކީ ނަރަކަކަމުގައެވެ.

* އަޅުކަމުގެ ބާވަތްތައް ގިނަގުނައެވެ. ޤަބޫލުވެވިގެންވާ ޞައްޙަ އަޅުކަމަކަށްވާނީ ދެ ޝަރުޠެއް ހަމަވެގެންނެވެ.

– ﷲ ގެ ވަޖްހުފުޅު އަދައިގެން އެއަޅުކަން އަދާކުރުން

– އިސްލާމީ ޝަރީޢަތުގައި އެއަޅުކަން ޘާބިތުވެފައިވުން. މީސްތަކުން އަލަށް އުފައްދާފައިވާ ބިދުޢަތައް އަޅުކަމުގެ ތެރޭގައި ނުހިމެނޭނެއެވެ.

ސުވާލުތައް

  1. ﷲ ނޫން ފަރާތަކަށް އަޅުކަމުގެ ބާވަތެއް އަދާކޮށްފިމީހެއްގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟
  2. ﷲ އަށް އަޅުކަންކުރުމަށް ބޮޑާވެގެންފި މީހެއްގެ ނިމުމަކީ ކޮބާ ހެއްޔެވެ؟
  3. އަޅުކަމަކީ ދުޢާކަމުގެ ދަލީލަކީ ކޮބާ ހެއްޔެވެ؟
  4. އަޅުކަމުގެ ބައެއް ބާވަތްތައް ބަޔާންކުރާށެވެ.
  5. ޞާލިޙުޢަމަލެއް ޤަބޫލުވެވޭ ޝަރުޠުތައް ބަޔާންކުރާށެވެ.

______________________________________________

([1]) [ބިރުގަތުމޭ މިތާ މިބުނެވުނީ الخوف ގެ މާނާގައެވެ. އޭގެ މާނައަކީ ގެއްލުމެއް ނުވަތަ ހަލާކެއްވާކަމެއް ކުރިމަތިވުމުން ކުރެވޭ އިޙްސާސެވެ.]

[2])) [އުންމީދާއެކު އެދުމޭ މިތާ މިބުނެވުނީ الرغبة ގެ މާނައިގއެވެ. އެއީ ހިތް އެދޭކަމަކަށް ވާޞިލްވުމުގެ ލޯތްބެވެ.]

([3]) [ރެކުމުގެބިރުގަތުމޭ މިތާ މިބުނެވުނީ الرهبة ގެ މާނައިގައެވެ. އެއީ ބިރުގަންނަ ކަމަކުން ފިލުމުގެ ނުވަތަ ދުރުހެލިވުމުގެ ނުވަތަ ރެކިގަތުމުގެ ބިރެވެ. އެއީ الرغبة ގެ އިދިކޮޅެވެ.]

([4]) [މަޑުމޮޅިވެމަޑުމައިތިރިވުމޭ މިތާ މިބުނެވުނީ الخشوع ގެ މާނައިގައެވެ. އެއީ ޢަމަލުކުރުމާ ގުޅިފައިވާ ކަމެކެވެ.]

[5])) [ބިރުވެތިވުމޭ މިތާ މިބުނެވުނީ الخشية ގެ މާނައިގައެވެ. އެއީ ޢިލްމުގެ މައްޗަށް ބިނާވެފައިވާ ބިރުވެތިވުމެވެ.]

([6]) [ވާތްގަށްއެދުމޭ މިތާ މިބުނެވުނީ الاستعانةގެ މާނައިގައެވެ.]

[7])) [ރައްކާތެރިކަމަށްއެދުމޭ މިތާ މިބުނެވުނީ الاستعاذةގެ މާނައިގައެވެ.]

([8]) [މަދަދަށްއެދުމޭ މިތާ މިބުނެވުނީ الاستغاثةގެ މާނައިގައެވެ.]

([9]) [الجن: ١٨]

([10]) [المؤمنون: ١١٧ ]

([11]) رواه أبو داود والترمذي]

([12]) [غافر: ٦٠]

مادة التوحيد ١ (ފޮތް)

مادة التوحيد ٢ (ފޮތް)

مادة التوحيد ٣ (ފޮތް)

مادة التوحيد ٤ (ފޮތް)

مادة التوحيد ٥  ގެ އެހެނިހެން ބައިތައް