[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 7

womens rights

ބަޔާންވެދިޔަ އާޔަތްތަކުން އެނގިގެންދަނީ ﷲ ގެ ޙަޟުރަތުގައި ހެޔޮކަންކަމާއި ތަޤުވާގެ މައިދާނުގައި އަންހެނުންނާއި ފިރިހެނުންވަނީ އެއް ދަރަޖައެއްގައި ކަމެވެ. ފިރިހެނެއް ނަމަވެސް އަންހެނެއް ނަމަވެސް ރަނގަޅަށް އެއިލާހަށް ބޯލަނބައި ކިޔަމަންގަނެފިނަމަ އެމީހެއްގެ ޢަމަލުތަކުގެ ނިސްބަތުން އަދި އިޚްލާޞްތެރިކަމުގެ ނިސްބަތުން އެމީހަކަށް އެމީހަކަށް ޙާޞިލްކުރި އެއްޗެއް ލިބިދެވޭނެކަމެވެ.

އެއިލާހަށް އީމާންވެ ކިޔަމަންތެރިވެ ހެޔޮޢަމަލުކޮށް ތަޤުވާވެރިވެއްޖެ މީހަކަށް މިދުނިޔޭގައިވެސް އުފާވެރި ދިރިއުޅުމެއް ދެއްވާނެކަމެވެ. އަދި އެއަށްފަހު ޤިޔާމަތް ދުވަހުވެސް އޭނާއަށް ބޭއިންސާފު ނުކުރެވޭނެ ކަމެވެ. ފަހެ އެދުވަހުންވެސް އުފާވެރިކަމާއި އެކު ނިޢުމަތުގެ ސުވަރުގެތަކުން ނިޢުމަތް ދެއްވާނެކަމެވެ.

އެއިލާހުގެ ޙަޟުރަތުގައި އިންސާނާ މާތްވެ މަތިވެރިވެގެންދަނީ އެމީހާގެ ރީތި ކަމަކުންނެއް ނޫނެވެ. އެމީހަކު ﷲ އަށް ކިޔަމަންތެރިކަން އަދާކުރާ މިންވަރެއްގެ މައްޗަށެވެ.

އިންސާނިއްޔަތުގެ ދެޖިންސް، އަންހެން ފިރިހެން ދެޖިންސްވެސް ބައިވެރިވާ، ނުވަތަ ހިއްޞާކުރާ ޞިފަތަކެއްވާ ފަދައިން، އެދެބައިމީހުންނަށް ޚާއްޞަ ޞިފަތަކެއްވެސް ވެއެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ފިރިހެނުންނާއި އަންހެނުންނީ އެއްފަދަ ބައެއް ނޫނެވެ. ފިރިހެނުންނަށް ޚާއްޞަ ޞިފަތަކެއް ވާފަދައިން އަންހެނުންވެސް ޚަލްޤުކުރައްވާފައިވަނީ ޚާއްޞަ ސިފަތަކަކާ އެކުގައެވެ. ބައޮލޮޖިކަލީ، ސައިކޮލޮޖިކަލީ އަދި ފިޒިކަލީ ގޮތުންވެސް ދެޖިންސުގައި ތަފާތުތަކެއް ލައްވާފައިވެއެވެ. މިއީ އެއްވެސް މީހަކަށް ދެކޮޅުހެދޭނެ ޖާގައެއް އޮތް ކަމެއް ނޫނެވެ. އަދި މިތަފާތު ވާކަމުގައި މީގެ ކުރީގެ އުންމަތްތަކުގެ މީހުންވެސް ގަބޫލުކޮށްފައިވެއެވެ. އެގޮތުން ޤުރުއާނުގެ އާޔަތްތަކަަށް ނަޒަރު ހިންގާލަމާތޯއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

إِذْ قَالَتِ امْرَأَتُ عِمْرَانَ رَبِّ إِنِّي نَذَرْتُ لَكَ مَا فِي بَطْنِي مُحَرَّرًا فَتَقَبَّلْ مِنِّي ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ ﴿٣٥﴾ فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّيوَضَعْتُهَا أُنثَىٰ وَاللَّـهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ الذَّكَرُ كَالْأُنثَىٰ ۖ وَإِنِّي سَمَّيْتُهَا مَرْيَمَ وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ ﴿٣٦﴾  [سورة آل عمران]

މާނައީ: “ޢިމްރާނުގެ ގެ އަނބިކަނބަލުން ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އަޅުގެ ވެރިރައްބެވެ! އަޅުގެ ބަނޑުގައި އޮތް ދަރި (ބައެތުލް މަޤުދިސްގެ ޚިދުމަތަށްޓަކައި، އެހެން ހުރިހާކަމަކުން) މިނިވަންކޮށް، އިބައިލާހުގެ ޙަޟުރަތަށް ޚާލިޞް ކުރުމަށް، ހަމަކަށަވަރުން، ނަދުރުގެންފީމެވެ. ފަހެ، އަޅުގެ ކިބައިން (އެކަން) ޤަބޫލު ކުރައްވާނދޭވެ! ހަމަކަށަވަރުން، އިބައިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (35) ދެން، އެކަމަނާ، އެ ދަރިކަނބަލުންނާއިގެން ރައްކާވިހިނދު، ވިދާޅުވިއެވެ. އަޅުގެ ވެރިރައްބެވެ! ހަމަކަށަވަރުން، އަޅު ވިހޭ ދަރިޔަކީ، އަންހެން ކުއްޖެކެވެ. އެކަމަނާ ރައްކާވީ، ކޮންކަހަލަ ކުއްޖެއްކަން ﷲ މޮޅަސް ދެނެވޮޑިގެންވެތެވެ. (އެކަމަނާ ދެންނެވިއެވެ.) ފިރިހެންކުއްޖަކު އަންހެންކުއްޖަކާ އެއްފަދައެއްނޫނެވެ. އަދި، ހަމަކަށަވަރުން، އެ ދަރިކަނބަލުންނަށް މަރިޔަމް އޭ ނަންދީފީމެވެ. އަދި، ހަމަކަށަވަރުން، ރަޙުމަތުން ބޭރުކުރައްވާފައިވާ ޝައިޠާނާގެ ކިބައިން، އެ ދަރިކަނބަލުންނާއި، އެ ދަރިކަނބަލުންގެ ދަރިފަސްކޮޅު، ރައްކާތެރިކޮށްދެއްވުމަށްއެދި، އިބަރަސްކަލާނގެ ޙަޟުރަތަށް ދަންނަވަމެވެ. (36)”

މިއާޔަތުން ލިބިދޭ އެއްފިލާވަޅާކީ ކޮންމެ ކޮންމެ މަސައްކަތަކީ ދެޖިންސަށް އެކަށީގެންވާ ކަމެއް ނޫންކަމެވެ. އެހެންކަމުން އެމީހަކާ ހަވާލުކުރަންވާނީ އެމީހަކާ އެކަށީގެންވާފަދަ ކަމެއް ކަމެވެ.

= ނުނިމޭ =

_________________________

މިލިޔުމުގެ އެހެނިހެން ބައިތައް