[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލް އިމާމު އަޙްމަދު: أحمد بن حنبل – إمام أهل السنة – 4

imaam ahmed

 

އެކަލޭގެފާނަށް ބައެއް ޢިލްމުވެރިން ކިޔުއްވާފައިވާ ޘަނާ.

އިމާމް ޢަހްމަދު ބުން ޙަންބަލް އަކީ ޢިލްމުގެ ފުންމިން ނޭގޭ ކަނޑެއްފަދަ ބޭފުޅެކެވެ. އެކަލޭގެފާނަށް ޢިލްމުވެރިން ކިޔުއްވާފައިވާ ޘަނާތައް ތަފްޞީލުކޮށް ލިޔަން ވެއްޖެނަމަ މިލިޔުން އިންތިހާއަށް ދިގުވެގެން ހިނގައިދާނެއެވެ. އެހެންކަމުން ކުޑަ މިންވަރެއް މިލިޔުމުގައި ހިމަނާލާނަމެވެ. والله يغفر لنا تقصيرنا في حقه

علي بن المدني ގެއަރިހުން الخطيب ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“”ހަމަކަށަވަރުން ﷲތަޢާލާ ދެބޭފުޅަކު މެދުވެރިކުރައްވާ މިދީނަށް ޢިއްޒަތް ދެއްވިއެވެ. އެދެބޭފުޅުންނާއެކު ތިންވަނަ ފަރާތެއްނުވެއެވެ. އެއީ މީސްތަކުން މުރުތައްދުވެގެން ދިޔަދުވަހުގައި އަބޫބަކުރުގެފާނެވެ. އަދި އިމްތިޙާނުގެ ވަގުތުގައި އަޙްމަދު ބުން ޙަންބަލް އެވެ.”[1]

މިތަނުގައި އިމްތިޙާނުގެ ވަގުތުގެ ގޮތުގައި އިޝާރާތް ކުރައްވާފައި އެވަނީ އިމާމު އަޙްމަދުގެ ޒަމާނުގައި ޤުރުއާނަކީ މަޚުލޫޤެއްކަމުގައި އޭރުގެ ވެރިން ބުނަމުންދިޔަ ހިނދު، ޤުރުއާނަކީ ﷲގެ މަޚްލޫގެއް ނޫންކަމަށާއި އެއީ ﷲގެ ކަލާމްފުޅުކަމުގައި އެކަލޭގެފާނު ފާޅުގައި ބުނަމުންދިޔުމުން އެކަލޭގެފާނަށް އެކި ހާނިކަކޮށް އަނިޔާކުރެވެމުން ދިޔަ ވަގުތުގެ ވާހަކައެވެ. އެބޮޑު އިމްތިހާންތަކުގައި އެކަލޭގެފާނު ކެތްކުރައްވާ ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ އަޤީދާ ޙިމާޔަތް ކޮށްދެއްވިއެވެ. އެހެންކަމުން އެކަލޭގެފާނަށް إمام أهل السنة (ސުންނަތުގެ އަހުލުވެރިންގެ އިމާމު)ގެ ނަމުންވެސް ނަންދެވިފައި ވެއެވެ. އެކަލޭގެފާނަށް ކުރިމަތިވި އިމްތިޙާނުތަކުގެ ވާހަކަ އަދި ފަހުން އަންނާނެއެވެ. إن شاء الله

مهنا بن يحيى الشامي ގެ އަރިހުން الحسن بن محمد بن حاتم (عبيد العجل) ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“”އަޙްމަދު ބުން ޙަންބަލް އަށް ވުރެ ބޮޑަށް ހުރިހާ ހެޔޮކަމެއް އެފަރާތެއްގެ ކިބައިގާ ޖަމާވެފައިވާ ބޭކަލެއް ތިމަންކަލޭގެފާނު ދެކިވަޑައި ނުގަންނަވަމެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު سفيان بن عيينة އާއި وكيع އާއިعبد الرزاق އާއި بقية بن الوليد އާއި ضميرة بن ربيعة އާއި އަދިވެސް އެއްތަށް ޢިލްމުވެރިން ދެކެވަޑައި ގަތީމެވެ. ފަހެ އެބޭކަލެއްގެ ޢިލްމުވެރިކަމާއި، ފިޤުހުވެރިކަމާއި، ޒުހުދުވެރިކަމާއި، ވަރަޢަވެރި ކަމުގައި އަޙްމަދު ބުން ޙަންބަލް ފަދަ ބޭކަލަކު ތިމަންކަލޭގެފާނު ދެކިވަޑައި ނުގަންނަވަމެވެ.”[2]

 

(ނުނިމޭ)


[1]  تاريخ بغداد (4/508)

[2] أبو نعيم في الحلية (9/165), والمزي في التهذيب الكمال (1/453-454)

މިލިޔުމުގެ އެހެންބައިތައް