[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ޝަރީޢަތުގައި ވަރި ޝަރުޢުކުރެއްވުން 1

vari

وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنْفُسِهِنَّ ثَلَاثَةَ قُرُوءٍ وَلَا يَحِلُّ لَهُنَّ أَنْ يَكْتُمْنَ مَا خَلَقَ اللَّهُ فِي أَرْحَامِهِنَّ إِنْ كُنَّ يُؤْمِنَّ بِاللَّهِ وَالْيَوْمِ الْآخِرِ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَلِكَ إِنْ أَرَادُوا إِصْلَاحًا وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ وَاللَّهُ عَزِيزٌ حَكِيمٌ (228) الطَّلَاقُ مَرَّتَانِ فَإِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بِإِحْسَانٍ وَلَا يَحِلُّ لَكُمْ أَنْ تَأْخُذُوا مِمَّا آتَيْتُمُوهُنَّ شَيْئًا إِلَّا أَنْ يَخَافَا أَلَّا يُقِيمَا حُدُودَ اللَّهِ فَإِنْ خِفْتُمْ أَلَّا يُقِيمَا حُدُودَ اللَّهِ فَلَا جُنَاحَ عَلَيْهِمَا فِيمَا افْتَدَتْ بِهِ تِلْكَ حُدُودُ اللَّهِ فَلَا تَعْتَدُوهَا وَمَنْ يَتَعَدَّ حُدُودَ اللَّهِ فَأُولَئِكَ هُمُ الظَّالِمُونَ (229) فَإِنْ طَلَّقَهَا فَلَا تَحِلُّ لَهُ مِنْ بَعْدُ حَتَّى تَنْكِحَ زَوْجًا غَيْرَهُ فَإِنْ طَلَّقَهَا فَلَا جُنَاحَ عَلَيْهِمَا أَنْ يَتَرَاجَعَا إِنْ ظَنَّا أَنْ يُقِيمَا حُدُودَ اللَّهِ وَتِلْكَ حُدُودُ اللَّهِ يُبَيِّنُهَا لِقَوْمٍ يَعْلَمُونَ (230) وَإِذَا طَلَّقْتُمُ النِّسَاءَ فَبَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ سَرِّحُوهُنَّ بِمَعْرُوفٍ وَلَا تُمْسِكُوهُنَّ ضِرَارًا لِتَعْتَدُوا وَمَنْ يَفْعَلْ ذَلِكَ فَقَدْ ظَلَمَ نَفْسَهُ وَلَا تَتَّخِذُوا آيَاتِ اللَّهِ هُزُوًا وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ وَمَا أَنْزَلَ عَلَيْكُمْ مِنَ الْكِتَابِ وَالْحِكْمَةِ يَعِظُكُمْ بِهِ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ (231) وَإِذَا طَلَّقْتُمُ النِّسَاءَ فَبَلَغْنَ أَجَلَهُنَّ فَلَا تَعْضُلُوهُنَّ أَنْ يَنْكِحْنَ أَزْوَاجَهُنَّ إِذَا تَرَاضَوْا بَيْنَهُمْ بِالْمَعْرُوفِ ذَلِكَ يُوعَظُ بِهِ مَنْ كَانَ مِنْكُمْ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ ذَلِكُمْ أَزْكَى لَكُمْ وَأَطْهَرُ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ (232)

التحليل اللفظي

قرواء: “قرواء” އަކީ “قُرء” ގެ ޖަމްޢުއެވެ. އަރަބި ބަހުގައި “قرواء” އަކީ ޙައިޟު ނުވަތަ ޠުހުރު އެވެ.  القاموسގައި ވެއެވެ. “”قرواء”  އަކީ ޙައިޟު އަދި ޠުހުރު އަދި ވަގުތެވެ. طهر ގެ ޖަމްޢުއަކީ “قرواء” އެވެ. އަދި حيض ގެ ޖަމްޢުއަކީ “أقراء” އެވެ.”[1]

الأخفش ވިދާޅުވިއެވެ.

“އަންހެނާ ޙައިޟުގައި އިންނަނަމަ މިފަދައިން ބުނެއެވެ. ‘قرأت'”[2] ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ فاطمة بنت أبي حبيش އަށް މިފަދައިން ޙަދީޘްކުރެއްވިއެވެ.

((دعي الصلاة أيام أقرائك))[3]

މާނައީ: “ކަމަނާ أقرائ ގައިވާ ދުވަސްތަކުގައި ނަމާދު ދޫކޮށްލާށެވެ” މިތާ أيام أقرائك އަކީ أيام حيضك އެވެ. އެއީ ކަމަނާ ޙައިޟުގެ ދުވަސްތަކެވެ.

وَبُعُولَتُهُنَّ: “وَبُعُولَتُهُنَّ” ގެ މާނައަކީ އެކަނބަލުންގެ ފިރިންނެވެ. “بُعُولَ” އަކީ “بعل” ގެ ޖަމްޢުއެވެ. “بعل” އަކީ ފިރިމީހާއެވެ. މާތްﷲ ވަޙީކުރެއްވިއެވެ.

(قَالَتْ يَا وَيْلَتَىٰ أَأَلِدُ وَأَنَا عَجُوزٌ وَهَـٰذَا بَعْلِي شَيْخًا إِنَّ هَـٰذَا لَشَيْءٌ عَجِيبٌ) (هود : 72 )

މާނައީ: “އެކަމަނާ ވިދާޅުވިއެވެ. އޭހުރި ހަލާކެއްގެ  ބޮޑުކަމާއެވެ! ތިމަންނާ މުސްކުޅިޔަކު ކަމުގައިވާއިރުވެސް، ތިމަން ވިހާނޭ ހެއްޔެވެ؟ އަދި ތިމަންގެ ފިރިކަލުން މިހުންނެވީ މުސްކުޅިވެފައެވެ. ހަމަކަށަވަރުން، މިއީ عجائب ވެގެންވާ ކަމެކެވެ.”

دَرَجَةٌ: އަރަބި ބަހުގައި “دَرَجَةٌ” އަކީ އުފުލިގެންވާ މަންޒިލުތަކެވެ. ނުވަތަ ދިވެހިބަހުން އުފުލިގެންވާ ދަރަޖަތަކޭވެސް ބުނެވިދާނެއެވެ. ޤުރުއާނުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(هُمْ درجات عِندَ الله) ( آل عمران: 163)

މާނައީ: “ﷲ ގެ ޙަޟުރަތުގައި އެބައިމީހުންނަށް މަތިވެރިވެގެންވާ ދަރަޖަތައްވެއެވެ.”

الطلاق: “الطلاق” އަކީ ކައިވެނީގެ ޢަޤުދުގެ ގޮށް މޮހުމެވެ.

تَسْرِيحٌ: “التسريح”އެއީ އެއްޗެއް ދޫކޮށްލުމެވެ. އޭގެތެރޭގައި ބޮލުގެ އިސްތަށިގަނޑު އެއްއިސްތައްޓާ ވަކިކޮށް ދޫކޮލުން ހިމެނެއެވެ. އަދި ހުއިހައްޕާމީހުން އެމީހުންގެ ޖަނަވާރުތައް އޭތި އަމިއްލައަށް ގަސްގަހުގައިހުންނަ މޭވާތައް ކެއުމައްޓަކައި ދޫކޮލުން ހިމެނެވެ.

فَبَلَغْنَ أَجَلَهُنَّ: “فَبَلَغْنَ” އެއީ ޢިއްދާގެ ދުވަސްތައް ހަމަވުމާ ކައިރިވުމެވެ. އެހެނީ ޢިއްދަ ހަމަވުމަށްފަހު އަނބިމީހާގެ މައްޗަށް ފިރިމީހާއަކަށް އެއްވެސް ބާރެއްނުވާނެއެވެ.  ޢަރަބިން، އެބައިމީހުން ދަތުރުކުރަމުން އައިސް ރަށާ ހަމަވުމުން، بلغ البلد (ރަށާ ކައިރިވެއްޖެއެވެ.) މިފަދައިން ބުނެއެވެ.

الشوكاني ވިދާޅުވިއެވެ.

“”البلوغ إلى الشيء”  މީގެ ޙަޤީޤީ މާނައަކީ، ކަމަކާއި ހަމައަށް ވާޞިލުވުމެވެ. އަދި މިފަދައިން މަޖާޒީގޮތުން މެނުވީ ކަމަކާ ކައިރިވުމަށް ބޭނުމެއް ނުކުރެއެވެ. އެހެނީ އަންހެނާ އޭނާ ޢިއްދާ ހަމަވެއްޖެނަމަ ފިރިމީހާގެ މައްޗަށް ބާރެއް ނޯންނާއެވެ.”[4]

ضِرَاراً: “ضِرَاراً” ގެ އަޞްލަކީ “الإضرار” އެވެ. “الإضرار”  އަކީ ގެއްލުންދިނުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.

(والذين اتخذوا مَسْجِداً ضِرَاراً)(التوبة:107)

މާނައީ: “އަދި އެބައިމީހުން (މުއުމިނުންނަށް) ގެއްލުންދިނުމައްޓަކައި މިސްކިއްތަކެއް ހަދައި އުޅުނެވެ.”

تَعْضُلُوهُنَّ: “تَعْضُلُو” ނެގިފައިވަނީ “العضل” މިބަހުންނެވެ. އޭގެ މާނައަކީ، ކަމެއް މަނާކުރުމެވެ. އަދި ކަމަކަށް ދަތިކުރުމެވެ. އަންހެނުންވެސް އަދި ޖަނަވާރުވެސް ވިހެއުމުގައި ދަތިކަމާއެއްކޮށް ދަރިފުޅު ވިހާނަމަ މިފަދައިން ބުނެވެއެވެ. އަދި ކުކުޅު ދަތިކަމާއެއްކޮށް ބިސްއަޅާނަމަ މިފަދައިން ބުނެއެވެ. މިތަނުގައި އެވާ تَعْضُلُوهُنَّ އަކީ އަންހެނުން، އެކަނބަލުންގެ ޢިއްދަ ހަމަވުމުން އެކަނބަލުން ކައިވެނިކުރަން ބޭނުންވެއްޖެނަ އެކަންމަނާ ނުކުރުމެވެ.

أزكى لَكُمْ: “زكى” އެއީ އިތުރުވުމެވެ. އަދި ފައިދާކުރުމުވެ. ގަސްގަހުގައި މޭވާ ގިނަވާންފެށުމުން ޢަރަބިން މިފަދައިން ބުނެއެވެ.  “زكا الزرع”

وَأَطْهَرُ: “وَأَطْهَرُ” އެއީ ނަޖިސްކަމުން ދުރުވެގަތުމެވެ. ނުވަތަ ތާހިރުކުރުމެވެ. އަދި ފާފަތަކުންނާ ނުބައި ކަންކަމުން ދުރުވެގަތުމެވެ.

=ނުނިމޭ=

____________________________________________

[1]  القاموس المحيط, وانظر الصحاح, وتهذيب اللغة ولسان العرب مادة / قرو

[2]  تفسير القرطبي

[3]  صحيح أبي داود

[4]  فتح القدير للشوكاني

މިލިޔުމުގެ އެހެން ބައިތައް