- ޞޫރަކުރަހާ މީހުން:
ޤިޔާމަތްދުވަހުން އެންމެ ގަދަފަދަ ޢަޛާބެއް ދެވޭނީ ﷲގެ ޚަލްޤުތަކާއި އެއްގޮތަށް ކުރަހާ މީހުންނަށެވެ. ޢަބްދު ﷲ ބުން މަސްޢޫދު رضي الله عنه ވިދާޅުވިއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
((إِنَّ أَشَدَّ النَّاسِ عَذَابًا عِنْدَ اللَّهِ يَوْمَ القِيَامَةِ المُصَوِّرُونَ))1
މާނައީ: ހަމަކަށަވަރުން ޤިޔާމަތްދުވަހުގައި ﷲ ޙަޟްރަތުގައި އެންމެ ގަދަފަދަ ޢަޛާބެއް ދެވެނީ ޞޫރަކުރަހާ މީހުންނަށެވެ.”
އަދި އިބްނު ޢައްބާސް رضي الله عنه ވިދާޅުވިއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
((كُلُّ مُصَوِّرٍ فِي النَّارِ يُجْعَلُ لَهُ بِكُلِّ صُورَةٍ صَوَّرَهَا نَفْسًا فَتُعَذِّبُهُ فِي جَهَنَّمَ))2
މާނައީ: “ޞޫރަކުރަހާ ކޮންމެ މީހަކުވަނީ ނަރަކައިގައެވެ. އަދި އޭނަ ދުނިޔެ މަތީގައި ކުރެހި ކޮންމެ ކުރެހުމެއްގައި ﷲ ފުރާނަ ލައްވާނެތެވެ. އަދި އެކުރެހުމެއް މެދުވެރިކޮށް ނަރަކައިގައި އޭނަޔަށް ޢަޛާބު ދެއްވޭނެއެވެ”
އަދި ޢާއިޝާ رضي الله عنها ގެންގުޅުއްވި ކުޑަ ބާލީހެއްގައި ޞޫރަ ކުރަހާފައި ހުއްޓައި ރަސޫލު ﷲ صلى الله عليه وسلم ފެނިވަޑައިގަތުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
((إِنَّ أَصْحَابَ هَذِهِ الصُّوَرِ يُعَذَّبُونَ وَيُقَالُ لَهُمْ أَحْيُوا مَا خَلَقْتُمْ))3
މާނައީ: “ހަމަކަށަވަރުން މިކުރެހުންތައް ކުރެހިމީހުންނަށް ޢަޛާބު ދެއްވޭނެތެވެ. އަދި ތިޔަބައިމީހުން ކުރެހިކުރެހުންތައް ދިރުއްވާށޭ އެބައިމީހުންނަށް ބުނެވޭނެތެވެ.”
- އަނިޔާވެރިންނާއި އެއްބައިވެ އެމީހުންގެ ފަރާތަށް ލެނބުން:
ަރަކަޔަށް ވަންނަން ޖެހޭ ސަބަބުތަކުގެ ތެރެއިން ﷲ ތަޢާލާގެ ޢަދާވަތްތެރި އަނިޔާވެރިންނާއި އެއްބައިވެ އެމީހުންނަށް ލޯބިކޮށް އެމީހުންގެ ފަރާތަށް ލެނބުން ހިމެނެއެވެ. ﷲ ވަހީކުރެއްވިއެވެ.
(وَلَا تَرْكَنُوا إِلَى الَّذِينَ ظَلَمُوا فَتَمَسَّكُمُ النَّارُ…) [سورة هود 113]
މާނައީ: “އަދި އަނިޔާވެރިވި މީހުންގެ ފަރާތަށް ތިޔަބައިމީހުން ކުޑަކޮށްވެސް ނުލެނބޭށެވެ! ފަހެ، (އެ ހިނދުން) ނަރަކައިގެ އަލިފާން ތިޔަބައިމީހުންގައި ބީހިދާނެތެވެ.”
=ނުނިމޭ=
މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ
[1] رواه البخاري و مسلم
[2] رواه البخاري و مسلم
[3] رواه البخاري و مسلم