[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިފްކުގެ ޙާދިޘާ 8

Ifku ge haadhisaa

 

އެހިނދު އަލީގެފާނުގެ ޚިޔާލުފުޅާ އެއްގޮތަށް ، އެބޭކަލުންގެ މަޝްވަރާ މަޖިލީހަށް ބަރީރާ رضي الله عنها ޙާޟިރުވުމަށް ދެންނެވުނެވެ. އަދި އެކަލޭގެފާނުގެ އަރިހަށް އެކަމަނާ ޙާޟިރުވުމުން ރަސޫލާ صلى الله عليه  وسلم ސުވާލުފުޅު ކުރެއްވިއެވެ: “އޭ ބަރީރާއެވެ! ޢާއިޝާ رضي الله عنها ގެ ކިބައިން ޝައްކުވާފަދަ އެއްވެސް ކަމެއް ކަމަނާއަށް ފެނިފައިވޭ ހެއްޔެވެ؟”. ޖަވާބުގައި އެކަމަނާވެސް ދެއްވީ އުސާމާ ބުން ޒައިދު رضي الله عنه ގެ ޖަވާބެވެ. އަދި އިތުރަށް ވިދާޅުވިއެވެ: “އެހެނަސް އެއްކަމެއް އެބައޮތެވެ. އެއީ އެކަމަނާއަކީ ޅަކުއްޖެއް ކަމުގައިވެފައި އަދި އަވަހާރަފުޅުލައްޕަވާފައި އޮންނަވާއިރު ތިމަންކަމަނާ ފުށްގަނޑު މޮޑެފައި އެކަމަނާގެ އަރިހުގައި އެބަހައްޓާފައި ނިކުމެގެން ދިޔުމުން ބަކަރިތައް އައިސް ވަދެ އެފުށްކޮޅު ކައި ހިނފައިގެން ދާއިރުވެސް އެކަމަނާއަށް ރޭކާ ނުލާކަމެވެ”. މިފަދައިން އެކަމަނާ ޖަވާބުދެއްވުމުން މިފަދަ ވަގުތެއްގައިވެސް އެކަމަނާ ސަމާސާކުރައްވަނީ ކަމުގައި ހީފުޅުކުރައްވައި ކަންކަން ހިނގާގޮތް ސާފުކޮށް ސީދާ ބަހުން ބަޔާންކުރުމަށް އަމުރުފުޅުކުރައްވައި އެކަމަނާގެ ގައިކޮޅުގައި ޢަލީގެފާނު ޖެއްސެވިއެވެ. ނަމަވެސް އެކަމަނާއަށް އެކަމުގައި އެނޫން ކަމެއް އެނގިވަޑައިނުގަންނަވާކަން ބަޔާންކުރެއްވިއެވެ. އަދި އެއަޑު އައްސަވާފައި ނަބިއްޔާ صلى الله عليه  وسلم އެއްވެސް އެއްޗެއް ޙަދީޘްފުޅު ނުކުރައްވައި ހަނުހުންނެވިއެވެ. އަދި އެއަށްފަހު ބޮޑުވެގެންވާ މިއިމްތިޙާނު ކޮންމެވެސް ކޮޅެއްގައި ޖެއްސެވުމަށް ބޭނުންވެވަޑައިގެން ޢާއިޝާ رضي الله عنها ގެ އަރިހަށް ވަޑައިގަންނަވަން ނިންމެވިއެވެ.

މާތް ރަސޫލާ صلى الله عليه  وسلم ޢާއިޝާ رضي الله عنها ގެ އަރިހަށް ވަޑައިގެންނެވުމައްޓަކައި މިސްރާބު ޖެއްސެވިއެވެ. ބިންމަތީގައިވި އެކަލޭގެފާނުގެ އެންމެ ލޯބިވާ ޞާޙިބާއާ އެވަގުތު މުޚާތަބުކުރައްވަން ޖެހިވަޑައިގެންފައިވާ ކަންތަކާމެދު ވިސްނައިފިކުރު ކުރައްވާޙާލުގައެވެ. އެގޮތުގައި ކުރިއަށް ވަޑައިގަންވަމުން ދިޔައިރު އެކަމަނާގެ އިންނެވި ގެކޮޅު އެކަލޭގެފާނާ ކައިރިވަމުންދިޔައެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ގާތްވަމުންދިޔައެވެ. އަދި އެންމެފަހުން ވަޑައިގެންވުމަށް ޤަޞްދުކުރެއްވި މަންޒިލުގެ ދޮރާ ހަމަޔަށް ވާސިލުވެވަޑައިގަތެވެ.

 

(ނުނިމޭ)